ads
މާލޭ ސްވިމިން ޓްރެކްގައި ތަރައްގީކޮށްފައިވާ ވިއުވިން ޕްލެޓްފޯމް--
މާލޭ ފަތާ ޓްރެކްގެ ވިއުވިން ޕްލެޓްފޯމް ހުޅުވައިފި
މާލޭ ޓްރެކް ސަހަރައްދުގައި ތަރައްގީ ކުރަމުންދާ ވިއުވިން ޕްލެޓްފޯމް ހުޅުވައިފި ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫމް ވިދާޅުވެއްޖެ އެވެ.

ފަތާ ޓްރެކްގެ ވިއުވިން ޕްލެޓްފޯމް ހުޅުވައިފިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވަނީ އެ ވިއުވިން ޕްލެޓްފޯމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށެވެ.

އަދި މިހާރު އެ ވިއުވިން ޕްލެޓްފޯމް ވަނީ އާއްމުންނަށް ހުޅުވާލާފައި ކަމަށާއި ނަމަވެސް އެތަން ޔޫތް މިނިސްޓްރީން ރަސްމީކޮށް ހުޅުވާނީ ޑައިވިން ޕްލެޓްފޯމް ތަރައްގީކޮށް ނިމުމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

your imageވިއުވިން ޕްލެޓްފޯމްގައި މިނިސްޓަރު މަހްލޫފް

އެ ޕްރޮޖެކްޓް ފުރިހަމަ ކުރުމަށް ވެދެއްވި އެހީއަށް މިނިސްޓަރު މަހްލޫފް ވަނީ ރައީސް ސޯލިހަށާއި މޯލްޑިވްސް ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރު އިސްމާއިލްއަށް ޝުކުރު ދަށްނަވާފަ އެވެ.

މާލޭ ޓްރެކް ސަހަރައްދުގައި ވިއުވިން ޕްލެޓްފޯމެއް އެޅުމުގެ އިތުރުން އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް