ads
މާރިޔާ އަހުމަދު ދީދީ--
ސިފައިންގެ ބޯހިޔާވަހިކަން ހަރުދަނާކުރުމަށް މަސައްކަތް އެބަ ކުރެވޭ: މާރިޔާ
ސިފައިންގެ ބޯހިޔާވަހިކަން ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، ސިފައިން ހިދުމަތުގައި ހޭދަކުރާ މުއްދަތުގައި އާއިލާތަކާ އެކު ދިރިއުޅެވޭނެ ކޮންޓޯންމަންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބަންޑާރަކޮށީގައި ބޭއްވި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ބޯހިޔާވަހިކަން ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، ސިފައިން ޚިދުމަތުގައި ހޭދަކުރާ މުއްދަތުގައި ޢާއިލާތަކާ އެކު ދިރިއުޅެވޭނެ ކޮންޓޯންމަންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު އަވަސް ފުރުސަތެއްގައި އެ އުންމީދު ހާސިލްކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ 300 ފުލެޓްގެ ހިޔާ މަޝްރޫޢުގެ ފޯމްތައް ލިބި، ފޯމްތަކަށް ވަރަށް ޓްރާންސްޕޭރަންޓް ގޮތުގައި މާކްސް ދެވި، އެ މާކްސްތައް ވެސް ފެންނާނެ ގޮތަށް ކޮމެޓީން ބަލަމުން އަންނަ ކަމަށެވެ. އަދި، ކޮވިޑް-19 އާ ގުޅިގެން ސިފައިންނަށް ލިބޭ އެލެވެންސާ ގުޅޭ ގޮތުން ލަފާދޭ މަޖިލީހުގައި މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ އެލަވަންސް ސިފައިންނަށް ބޭނުންކުރުމުގައި ގެންގުޅޭނެ ވިސްނުންތަކެއް ލަފާދޭ މަޖިލީހުގެ އިރުޝާދާއި ލަފާގެ މަތިން އެކަން އެންމެ ރަނގަޅު ގޮތެއްގައި ކުރެވޭނެ ގޮތަކަށް ނިންމަވާނެ ކަމަށެވެ.

އޭގެ އިތުރުން އެންލިސްޓެޑް ސިފައިންނަކީ، ދިމާވާ ކޮންމެ ކަމެއްގައި އަމަލީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ކަމަށާއި، އެގޮތުން، ރަށެއްގައި ފެންބޮޑު ވިޔަސް، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ވެސް، އަދި އަލިފާނުގެ ހާދިސާއެއް ދިމާވި ކަމުގައި ވިޔަސް އޮފިސަރުންނާއެކު އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކީ އެންލިސްޓެޑް ސިފައިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ޑިފެންސް މިނިސްޓަރުގެ ވާހަކައިގައި، ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަން ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތާ ބެހޭގޮތުން އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ކޮންމެ ފަހަރެއްގައި ވެސް ސިފައިންގެ އިހްސާސްތަކެއް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ގެންދަވައިފިނަމަ، އެކަމަކާ ދޭތެރޭ ވިސްނައިވަޑައިގެން ވީހާވެސް ރަނގަޅަކަށް ސިފައިންގެ ކަންކަން ހަމަޖައްސަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ވެލްފެއާ ކަންކަމާއި، އެހެނިހެން ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް