ads
ކަރީނާ އާއި ސައިފް--
ކޮންމެ ޒުވާބަކަށް ފަހު މައާފަށް އެދެން ޖެހެނީ ސައިފަށް!
ކައިވެނިކޮށްގެން އުޅޭ މީހުންގެ މެދުގައި ދެބަސްވުންތައް އޮންނާނެ އެވެ. އެގޮތުން ކަރީނާ އާއި ސައިފް އަލީ ހާންގެ މެދުގައި ވެސް އެފަދަ ކަންކަން އޮވެ އެވެ.

އެހެންނަމަވެސް، އެކަމުގައި ކޮންމެވެސް އެކަކު އަބަދުވެސް ގޮތް ދޫކުރަން ޖެހެ އެވެ. އެގޮތުން ކަރީނާ އާއި ސައިފްގެ ތެރެއިން އަބަދުވެސް ގޮތް ދޫކުރަން ޖެހެނީ ސައިފަށެވެ. 

ކަރީނާގެ ޗެޓް ޝޯ، "ވަން ވިމަން ވޯންޓް" ގައި ކުނާލް ކެއްމޫ ކައިރީގައި ކަރީނާ ވަނީ އޭނާ އާއި ސޯހާގެ މެދުގައި މައްސަލަ ޖެހުމުން މައާފަށް އެދެނީ ކާކުތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ކުނާލް ވަނީ ސޯހާގެ ޑިކްޝަނަރީގައި "ސޮރީ" އެ ބަސް އިންނަ ކަމަށެވެ. އެހެންނަމަވެސް އެ ގަނޑު ވީދައިގެން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ސޯހާ މައާފަށް ނޭދޭ ކަމަށާއި އެކަން ކުރަން ޖެހެނީ އޭނާއަށް ކަމަށް ބުންޏެވެ. 

އެ ވާހަކައިގެ ތެރެއިން ކަރީނާ ވަނީ އޭނާ އާއި ސައިފްގެ މެދުގައި މައްސަލަ ޖެހުމުން ވެސް ފުރަތަމަ މައާފަށް އެދެނީ ސައިފް ކަމަށް ބުނެފަ އެވެ.

ދެވަނަ ދަރިއަށް ބަލިވެ އިން ކަރީނާ އިނީ ވިހަން ކައިރިވެފަ އެވެ. އެހެންވެ މިދުވަސްކޮޅު ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. ސައިފްގެ އެންމެ ފަހުގެ މަސައްކަތަކީ ތަންދަވް އެވެ. 

ސައިފް، ލީޑް ރޯލުން ފެނިގެންދާ "ތަންދަވް" އޮންލައިންކޮށް ނެރިފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ފިލްމުގެ މައްސަލަތަކެއް ބޮޑުވެ ބައެއް ސީންތައް ބަދަލުކުރަން ވަނީ މަޖުބޫރުވެފަ އެވެ. 

7%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް