ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ---
ރައީސް ޔާމީންގެ ދެކޮޅަށް ހެކިބަސް ދިނީ ޝަރުތު ހަމަނުވާ ބައެއް: އަދުރޭ
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ހައިކޯޓުގެ އަޑުއެހުމުގައި ރައީސް ޔާމީންއާއި ދެކޮޅަށް ދެކޮޅަށް ހެކިބަސް ދިނީ ހެކިބަސް ދެވޭނެވަރު މީހުނެއްނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވާ، ޝަރީއަތް ނިންމާލުމާއެކު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗައް ހެކިބަސް ދީފައިވާ މީހުންނަށް ބަލާއިރު، އެއީ ޝަރީއަތުގައި ހެކިބަސް ދެވޭނެ ބޭފުޅުންނެއް ނޫންކަން މިއަދުގެ ޝަރީއަތް އަޑުއަހާލުމުން އެގިގެންދިޔަކަމަށެވެ. 

"އަހްމަދު އަދީބަކީ އެއީ އެމްއެމްޕީއާރްސީގެ މައްސަލާގައި އަމިއްލަ އިއުތިރާފުގެ މައްޗައް އެ މައްސަލަ ސާބިތުވެގެން ހުކުމް ކޮށްފައިހުރި ކުށްވެރިއެއް. ހަމަ އެގޮތައް ޒިޔަތަކީ އޭގެ ބޭފުޅެއް. ދެން އޭގެ އިތުރަށް މުއައްވިޒް ރަޝީދަކީވެސް އެމްއެމްޕީއާރްސީ މައްސަލައިގައި މިހާރުވެސް ތަހުގީގު ކުރެވެމުންދާ ބޭފުޅެއް. އެހެންވީމަ އެއްމައްސަލައެއްގައި އެމައްސަލާގެ މަށްޗައް ސާބިތުވެގެން ހުކުމް ކޮށްފަ ތިބި ބަޔަކު ހަމަ އެ މައްސަލާގަ އެހެން މީހެއްގެ މަށްޗައް ދޭ ޝަރީއަތަކީ އިސްލާމީ ޝަރީއަތުގައި ގަބޫލުކުރެވޭނެ ހުމެއް ނޫންކަމަށް އެބޭފުޅޫންގެ ހެކިބަހަކީ އިސްލާމީ ޝަރީއަތުގަ ބަލާ ގަނެވޭނެ އެއްޗެއް ނޫންކަން މިއަދުގެ ޝަރީއަތުން އަޅުގަނޑުމެންނަށް އެގިގެންދިޔަ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދަކީ މިސަރުކާރުގެ ވެރިކަން އިންތިހާއަށް ގޮސްފަ އޮތްކަން ދިވެހި ރައްޔިތުންނަށް އެގިގެންދިޔަ ދުވަހެއް ކަމަށެވެ. އަބްދުއްރަހީމް ވަނީ އެ ހުކުމަކީ، ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިންމާލުމަށާއި އެމަނިކުފާނަށް ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި، ތާއީދާއި، އިހްތިރާމާއި، ގަދަރު ގެއްލުވާލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުރެ، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ ބޭނުންކޮށްގެން ރައީސް ޔާމީންގެ މަށްޗައް އަނިޔާވެރިވުމުގެ ގޮތުން އިއްވި ހުކުމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ. އަދި އެ ހުކުމަކީ " ކަނޑައެޅިގެން ބާތިލު ހުކުމެއް" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ، އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ކަންބޮޑުވާންޖެހެނީ ރައީސް ޔާމީން ފަދަ މައުސޫމް ބޭފުޅެއް އެއްވެސް އަސްލެއް ނެތް މައްސަލައެއްގައި ހުކުމް ކޮށްގެން އެއް އަހަރާއި ދެމަސް ދުވަސް ޖަލުގައި އޮންނަންޖެހޭތީ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އެކަން ގާނޫނީ ޓީމުންވެސް ވަނީ އިއުލާން ކުރައްވާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް