ads
ބާނީ ރާއްޖޭގައި ހުރިކަމަށް ދައްކުވައިދޭން ހަދާފައިވާ ފޮޓޯއެއް
ބާނީ އެންމެ ފަހުން މާލެ އަތުވެއްޖެ!
ބުދަ ދުވަހު އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ހުވާ ކުރުމުގެ ރަސްމިޔާތައް ދައުވަތު ދިނީ 1000 (އެއް ހާސް) މީހުނަށެވެ. އެ މީހުންގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކުރިން އެމެރިކާގެ ރިޔާސީ ޓިކެޓް ހޯދުމަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހިލަރީ ކްލިންޓަނާއި ވާދަކުރެއްވި ބާނީ ސެންޑޭސް އެ ރަސްމިއްޔާތައް ވަޑައިގެން އިންނެވި ގޮތެވެ.

ބޯ ކޯޓަކާއެކު، ބޮލުގައި ކޯނެއް ވެސް އަޅައި ދެ އަތައް އަންގި ލައްވައިގެން ގޮނޑިއެއްގައި އިންނެވިގޮތުން ކެމެރާތައް ބާނީ އަށް ހުއްޓުނެވެ. 

އަދި ސޯސަލް މީޑިއާގައި އޭނާއަށް ތަފާތު ފޯސްޓުތައް ހަދަދި އަންނަނީ އޭނާއަށް ހަޖޫ ޖެހަމުންނެވެ. މި ސަކަރާތުގައި މުޅި ދުނިޔެއިން ވެސް އަންނަނީ ބައިވެރިވަމުންވެ.

 

މިގޮތުން ބާނީގެ ފޮޓޯ ފޮޓޯޝޮޕް ކޮށް އެނާ އެކި ތަންތަނަށް ލައި މީހުން އަންނަނީ ޝެއާކުރަމުންނެވެ. 

މިގޮތުން މިރޭގެ ވަގުތެއްގައި ބައެއް ދިވެހިން ވެސް މި ސަކަރާތްގަނޑުގައި ބައިވެރިވި ބައެއް މީހުން ވަނީ ބާނީ ރާއްޖޭގައި ގޮނޑިއެއްގައި އިންނަ މަންޒަރުވެސް ދައްކުވައިދީފައެވެ.

 

21%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް