ads
------
އެމްޑަބްލިއުއެސްސީން ބިއްލޫރި ފުޅީގައި ފެންބަންދުކުރަން ފަށަނީ
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ޖެނަރަލް މެނޭޖާ މެނުފެކްޗަރިން އިސްމާއިލް އާމިރު ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ފުޅީގައި ބަންދުކުރަމުންދާ ފެން ބިއްލޫރި ފުޅީގައި ބަންދުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތް ކުރަމުންދަނީ އެެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވިދާޅުވި އެވެ. 

އާމިރު ވަނީ އެ ކުންފުނިން ޕްލާސްޓިކާ ދެކޮޅަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. 

އޭގެ އިތުރުން، އާމިރު ވިދާޅުވީ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ފެށުމުގެ ގޮތުން އެކުންފުނިން ވަނީ ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް މަދުކޮށްފަ އެވެ. އެގޮތުން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރާ ނިސްބަތް މަދުކޮށް، މިހާރު އަމާޒު ހިފާފައި ވަނީ ބިއްލޫރި ފުޅީގައި އެ ވިޔަފާރި ކުރުމަށެވެ. 

އާމިރު ވިދާޅުވީ ބިއްލޫރިފުޅީގައި ފެން ބަންދުކުރާއިރު ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ ޕްރިމިއަމް ޕްރޮޑަކްޓެއް ނެރުމާއެކު ތާޒާ ފެން ބިއްލޫރި ފުޅިއަށް ބަދަލުކުރުމެވެ. 

ސަރުކާރުން ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރަމުންއަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ ތެރޭގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަނާކުރާ ގާނޫނު ވެސް ތަސްދީގު ކުރައްވާފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް