ads
ހަލާކޮށްލި ފިނޮޅު
ފިނޮޅަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
ކ.ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅެށް ކަނޑަމުންދާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ފިނޮޅުގެ މެދުން ކަނޑަމުންދާ މައްސަލަ ހިންމަފުށީ ކައުންސިލްއިން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ 20:40 އެއްހާއިރު ކަމަށެވެ.

އަދި މިހާރު އީޕީއޭ އައް އެކަން އަންގައިގެން މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތަށް އީޕީއޭގެ ލަފާގެ ދަށުން އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

your imageހަލާކޮށްލި ފިނޮޅު

މި މައްސަލައާ ގުޅޭގޮތުން އީޕީއޭއިން ބުނެފައިވަނީ އެކަން ފުލުހުންނާ އެކީ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކ. ހިތްމަފުށްޓާ ގިލި ލަންކަންފުށްޓާ ދެމެދުގައި އޮތް އެ ރީތި ފިނޮޅައް ހިއްމަފުށީ ރަށްޔިތުން ދަތުރުދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ރޭގެ ވަގުތެށްގައި އެތަން ހަލާކޮށްލުމުގެ މަސައްކަތް ގިލި ލަންކަންފުށީގެ ޖެނަރަލް މެނޭޖާ އަދި އެ ރިސޯޓުގެ އިތުރު ބަޔަކު ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފަ ކަމަށް ރަތްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ޓުވިތާގައި ހާމަކޮށް އެކަން އީޕީއޭ އަދި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް