ads
------
ލަންކާ އެސްޓްރަޒެނިކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފި
ސްރީލަންކާގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރުއޭ) އިން އެގައުމުގައި އޮކްސްފޯޑްގެ އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފި އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެމެޖެންސީ ހާލަތްތަކުގައި އޮކްސްފޯޑުގެ އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ އެންއެމްއާރުއޭ އިން ވަނީ ދީފަ އެވެ. 

އެކަމާއި ގުޅިގެން ހެލްތު ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، ޑރ. އެމަންތާ ހެރަތު ވިދާޅުވީ، ވެކްސިން ޖެހުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެކަމާއި ގުޅިގެން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު އެގައުމުގައި ވެކްސިން ޖަހަމުންދާނީ ހާއްސަ ތަރުތީބަކުން ކަމަށެވެ. 

މިހާތަނަށް ހެދުނު ދިރާސާތަކަށް ބަލާއިރު އެސްޓްރާޒެނެކާ ވެކްސިނުގެ ނަތީޖާތައް ވެސް ރަނގަޅެވެ. އެ ވެކްސިނަށް ބަލާއިރު ނޯމަލް ޕްރިޖުގައި ވެސް ރައްކާކުރެވޭނެ އެވެ. 

ލަންކާގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އެގައުމުން މިހާތަނަށް 56,076 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 47,984 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 276 މީހަކު ބަލީގައި ވަނީ މަރުވެފަ އެވެ. 

ލަންކާއިން ކާމިޔާބުކަމާއެކު އެގައުމުން ކޮވިޑްގެ ފުރަތަމަ ރާޅު ކޮންޓްރޯލްކޮށްފައި އޮތުމަށް ފަހު، ސެޕްޓެމްބަރު ހިސާބުގައި ވަނީ ކޭސްތައް ބޮޑުތަނުން އިތުރުވެފަ އެވެ. އަދި މިހާރު ކޮންމެ ދުވަހަކު ފެންނަމުންދާ ކޭސްތައް އަނެއްކާ ވެސް ދަނީ މަޑުމަޑުން ދަށަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް