ads
ވީޑިއޯ ރިޕޯޓް
ހުޅުމާލޭގައި ނެތް ނެރުތަކެއް ގޫގުލް މެޕުން ދައްކާތީ ބޮޑެތި ގެއްލުންތަކެއް ވަނީ!
އިންޑިއާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ހާރެއްގެ ސިފައިގައި އުތުރުން ދެކުނަށް ފެތުރިފައިވާ އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ވަށައިގެން ވަނީ ކަނޑެވެ. ރާއްޖޭގެ 98 އިންސައްތައަށް ވުރެ ބޮޑު ބައެއް ކަނޑަށް ހިއްސާކުރާއިރު އަހަރެމެންނަކީ ކަނޑު ދަތުރުފަތުރަށް ވެސް އިންތިހާއަށް ބަރޯސާވާންޖެހިފައިވާ ބައެކެވެ. ޓެކްނޮލޮޖީ ކުރިއަރައިގެން އައި ހަލުވި މިނާއެކު މި ދަތުރުތައް މައިގަނޑު ގޮތެއްގައި ބުރަވަނީ ޖީޕީއެސް އަށެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ އާއި އަދި ބޭރުން ރާއްޖޭގެ ކަނޑަށް ހުއްދައާއެކު މިވަންނަ ކްރޫޒްލައިނާއި ޔޮޓްތަކުން ވެސް ބަރޯސާވާ އެކައްޗަކަށްވެފައި މިވަނީ ޖީޕީއެސް އާއި ގޫގުލް މެޕެވެ.

ދޭތެރެއަކުން މާލެ ބޭރުގައި ނޫނީ ހުޅުމާލޭ ކައިރީގައި ޔޮޓްތަކާއި ކްރޫޒްލައިނާތައް އަޅާފައި އޮންނަ މަންޒަރު ފެނިގެންދާއިރު ދިގު ދަތުރެއްގައި މި ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލުމަށް މީގައި މި އަންނަ މީހުންނަށް ބިރުވެރި ހާދިސާތަކާއި ވެސް ކުރިމަތިލާން އެބަ ޖެހެ އެވެ. ކުރިން ވެސް ފާހަގަކުރި ގޮތަށް މި ބިރުވެރިކަމާއި ކުރިމަތިލާން ޖެހޭ މައިގަނޑު ކަމަކަށް މިވަނީ މި މީހުންގެ ދަތުރު މި ބިނާކުރާ ޖީޕީއެސް ނުވަތަ ގޫގުލް މެޕަށް ބަރޯސާ ވާން ޖެހޭއިރު، ވެރިރަށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖީޕީއެސްއާ ގުޅުން ހުރި މެޕުތައް އަޕްޑޭޓް ކުރަމުން ނުދިއުމެވެ. 

ޖީޕީއެސް އާއި ގޫގުލް މެޕުގައި ރާއްޖޭގައި ނެތް ފަރާ ގިރި ވެސް އަދިވެސް އެބަހުއްޓެވެ. ނެތް ނެރު ވެސް އެބަހުއްޓެވެ. އެކަމަކު މިއީ އަތުން ގުނާލެވޭހާ މަދު ރަށްތަކެއް ނަމަވެސް، ރާއްޖޭގެ ކުދިކުދި ގިރިތަކާއި ފަޅުތަކަކީ ވެސް މި ބުނާ ޓެކްނޮލޮޖީން ފެންނަ ތަންތަނެއް ނޫނެވެ. މިއީ ތާއަބަދު މިބިޔަ ކަނޑުގައި ދަތުރުކުރާ މީހުނަށް ފަރިތަ މަގުތަކަކަށް ވިޔަސް، މިއީ ރާއްޖެއަށް މި އިންނަ ބޭރުގެ ކެޕްޓަނުން އެހާ ފަރިތަ މަގުތަކެއް ނޫނެވެ. އޭގެ ބަދަލުގައި ކުރިން ވެސް ބުނި ގޮތަށް މި މީހުންގެ ދަތުރުކުރު މި ބިނާކުރަނީ އެއްކަލަ މެޕަށެވެ. 

ކޮންމެއަަކސް، އެންމެ ގިނައިން މި ސަރަހައްދުގައި ސަފާރީތަކާއި ޔޮޓްތައް އަޅާފައި އޮންނަ އެއް ތަނަކަށް ހުޅުމާލޭ ފަޅުވާނެ އެވެ. ހުޅުމާލޭ ފަޅުން ކުޑަކުޑަ މިސާލެއް ނަގާލާއިރު ވެސް ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް ބޭރުގެ ކެޕްޓަނުން އެބަ ވެއްޓެ އެވެ. 

ހުޅުމާލެއަށް އޮޑިދޯނި ފަހަރު ވަނުމަށް އޮތް މައި މަގަކީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި އޮތް މަގެވެ. ފެރީ އާއި ސަފާރީތަކާއި އަދިވެސް ގިނަ އުޅަނދުތައް ބޭނުންކުރަމުންދާ މައި ދޮރަކީ އެއީ އެވެ. ފުންކޮށް ކޮނެފައި އޮތް އެ ސަރަހައްދުގައި ބޮޑު ނެރެއް ވެސް އޮވެ އެވެ. އެކަމަކު އެއްކަލަ ގޫގުލް މެޕް ބަލައިގެން މި އަންނަ ބޭރުގެ ކެޕްޓަނުންނަށް ގިނަ ފަހަރަށް ލަނޑު މި ލިބެނީ ތިލަކޮށް އޮންނަ ނެރުން ވަންނަން މަސައްކަތް ކުރުމުންނެވެ. 

your imageހުޅުމާލޭ ނެރަށް އަރާފައި އޮތް ކަޓަމަރާން އެއް 

މިގޮތުން ހުޅުމާލޭގައި ނެރެއްކަމަށް ބުނެ ގޫގުލް މެޕްސްގައި ދައްކާފައިވާ އެއް ނެރަށް އައިސް ބޭރުގެ ސަފާރީ ތަކާއި، ޔޮޑްތަކާއި ކަޓަ މަރާންތައް އުރުމަކީ އާންމުކަމެކެވެ. 

ފާއިތުވީ ހަފްތާ ތެރޭގައި ވެސް މީގެ ދެ ހާދިސާއެއް ވަނީ ހިނގާފައެވެ.

ގޫގުލް މެޕްސް އިން ދައްކާގޮތުން ހުޅުމާލެއަށް ވަންނަން ތިން ނެރެއް އޮވެއެވެ. ދަތުރުކުރަމުން އައި މަންޒިލާ އެންމެ ގާތުން، ހުޅުމާލޭ ފަޅަށް ވަނުމުގެ ނިޔަތުގައި ބައެއް ފަހަރަށް ނެރު ގޮތުގައި ދައްކާފައިވާ ތަންތަނުން ބޮޑެތި ޔޮޓު ފަހަރު ފަދަ އުޅަނދުތައް ވަންނަން މަސައްކަތް ކުރާއިރު އޮންނަނީ ނެރު މައްޗަށް ބީހިފައެވެ. 

ބޮޑެތި އުޅަނދު ފަހަރަށް ވަދެވޭ ގޮތައް ހުޅުމާލޭ ހުޅަނގު ފަރާތުގައި ހުންނަނީ އެންމެ ނެރެކެވެ. 

your imageހުޅުމާލޭ ފަރަށް އަރާފައި އޮތް ޔޮޓެއް

މިފަހުން ބޭރުގެ ޔޮޓްތަކަށް މިކަން ކުރިމަތިވަމުން އަންނަ ނިސްބަތް އިތުރުވެފައިވާ ކަމަށް ހުޅުމާލޭގައި ސަފާރީ ދުއްވާ ބައެއް ފަރާތްތަކުން ސީއެންއެމްއަށް ބުނެ އެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް އެތަނަށް ދެ ޔޮޓެއް އަރާފައިވާކަން ފާހަގަކޮށް އެމީހާ ކިޔައިދިން ގޮތުގައި އެ ދުއްވި މީހާއަށް ކޯޒްދިނީ މާދުރު ހިސާބެއްގެ ރަށެއްގެ މީހެކެވެ.

އޮޑިދޯނި ފަހަރު ދުއްވާ އިތުރު ފަރާތަކުން ބުނި ގޮތުގައި ތޮށިގަނޑު ދޭތެރެއިން އޮއިވަރު ދަމަންވެގެން ވަރަށް ތިލަކޮށް ކޮނެފައިވާ އިތުރު ދެ ސަރަހައްދެއް ހުޅުމާލޭގައި އޮވެ އެވެ. އެތަނުން ކުދިކުދި ޑިންގީތައް އާންމުކޮށް ވަދެ ނިކުމެ ހެދިޔަސް އެތަނަކީ ބޮޑެތި ދޯނިފަހަރަށް ވަދެވޭ ގޮތަށް އޮތް ތަނެއް ނޫންކަން ފާހަގަކުރެ އެވެ. އަދި އެތަނުން ވަންނަން މަސައްކަތް ކުރިޔަސް ގެއްލުންވާނެކަން ފާހަގަކުރެ އެވެ.  

މިފަދަ ގެއްލުންތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ ގޫގުލް މެޕް ވެސް އަޕްޑޭޓްވާ މިންވަރު ލަސްކަމުން ކަމަށް ބުނެ އެވެ. އާންމުކޮށް ހުޅުމާލެއަށް ވަދެނިމުމެ ހަދާ ކެޕްޓަނުން އެވަރު ދަތަސް، ބޭރުން މި އަންނަ ކެޕްޓަނުން ޗާޓަށް ބަލައިގެން ދަތުރުކުރާތީ އެމީހުންނަށް މިވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފަ އެވެ. 

ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން މިފަދަ ކަންކަން ބަލާއި، ކަނޑުމަތީގެ މިފަދަ ހާދިސާތަކުން ބޭރުގެ ކެޕްޓަނުން ސަލާމަތްކުރަން ޖެހެ އެވެ. 

ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާއިރު މިފަދަ ކަންކަމަށް ސަމާލުކަން ނުދީފި ނަމަ ރާއްޖެ ވާނީ މިފަދަ ގެއްލުންތައް ލިބޭ މީހުންނަށް ބިރުވެރިތަނަކަށެވެ.

30%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް