ads
ހިންމަފުށީ ފިނޮޅަށް ގެއްލުން ދިނުން--
ފިނޮޅަށް ގެއްލުން ދިނުން: ކަން ހިނގާ ދިޔަ ގޮތް!
ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު ރޭގެ ވަގުތެއްގައި އަރާ، ފިނޮޅު ހަލާކުކޮށްލުމަށް މަސައްކަތް ކުރި ކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ސީއެންއެމްއަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ ފިނޮޅުގައި ބަޔަކު ހަރަކާތްތެރިވެގެން އުޅޭކަމުގެ ހިލަމެއް ހިންމަފުށީ ރައްޔިތުންނަށް ވުމުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

"އޭރު އެތަން ހަލާކު ކުރުމަށް އުނދަލި ފަދަ ސާމާނު ހިފައިގެން ބަޔަކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ،" މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވި އެވެ.

ހިންމަފުށީ ޒުވާނުން ފެނުމާއެކު އެމީހުން އަވަހަށް ފިލަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ޒުވާނުން އެމީހުން ހުއްޓުވި ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އެމީހުން ކުރާ ކަމަކާ މެދު ސުވާލު ވެސް ކުރި ކަމަށާއި، ނަމަވެސް އެމީހުން ވަކި ޖަވާބެއް ދީފައި ނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

your imageހަލާކުކޮށްލި ފިނޮޅު--

އޭގެ އިތުރުން ނަސީރު ވިދާޅުވީ، އެ ރިސޯޓުގެ މީހުން އެތަން ހަލާކުކޮށްލުމުގެ ސަބަބު އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ، އެއީ އެތަނަށް ހިންމަފުށީ މީހުން ދަތުރު ދާތީ ގިލި ލަންކަންފުށީ ގެސްޓުންނަށް އުނދަގޫވެގެން ކުރި ކަމެއް ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އަދި އެ މީހުން ހަލާކުކޮށްލަން އުޅުނު ވެލިގަނޑަކީ ހިންމަފުށީގެ ތަނެއް ކަމަށް ވެސް ނަސީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ރިސޯޓުތަކުން އެމީހުން ބޭނުންހާ ކަމެއް ނުކުރެވޭނެކަން ފާހަގަ ކުރައްވާ ނަސީރު ވިދާޅުވީ، ހިންމަފުށްޓާއި ގިލި ލަންކަންފުއްޓަކީ ކައިރި ކައިރީގައި އޮތް ދެ ރަށް ކަމުން އެއްބަޔަކު އަނެއް ބައެއްގެ އެހީ ބޭނުން ވާނެ ކަމަށެވެ.

އެ ފިނޮޅަށް ހިންމަފުށީ މީހުން ދާތީ އުނދަގޫވާ ވާހަކަ އެ ރަށު ކައުންސިލާ ހިއްސާކުރި ނަމަ އެކަމަށް އެ ބޭފުޅުން ހައްލެއް ގެންނާނެ ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދީ، ހިތްމަފުށީގެ ރިސޯސެއް ހަލާކުކޮށްލަން އުޅުމުން ގިލި ލަންކަންފުށިން މިހާރު އެދޭ ގޮތަށް މަޝްވަރާ ކުރެވެން ދެން ނޯންނާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.

your imageފިނޮޅު ހަލާކުކޮށްލުމަށް ބޭނުންކުރި ސާމާނު--

އެ މައްސަލައިގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ގިލި ލަންކަންފުށީގެ ބައެއް މުވައްޒަފުން އެ ފިނޮޅު ހަލާކުކޮށްލުމުގައި ބައިވެރިވާ މަންޒަރު ފެނެ އެވެ. 

އެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ އީޕީއޭއަށް އެކަން އަންގައިގެން މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އީޕީއޭގެ ލަފާގެ ދަށުން އަޅާފައިވާ ކަމަށެވެ. 

އީޕީއޭއިން ވެސް ބުނެފައިވަނީ އެކަން ފުލުހުންނާ އެކީ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

38%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް