ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 65 މީހުން
މިއަދު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ 65 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 38 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 26 މީހުންނާއި އަތޮޅު ތެރެއިން އެއް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. 

ފާއިތުވި 24 ގަޑިއިރު ޖުމުލަ 2882 މީހުން ކޮވިޑަށް ޓެސްޓުކުރި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މީގެ ތެރެއިން ޖުމުލަ 65 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 14،830 އަށް އަރާފަ އެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 1042 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މީގެ ތެރެއިން 69 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މިހާތަނަށް ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދކީ 13،731 އެވެ. އަދި މިބަލީގައި މަރުވިމީހުންގެ އަދަދު ވަނީ 50 އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް