ads
އިސްލާމީ މަރުކަޒު--
ބަރަހަނާކޮށް މިސްކިތަށް ވަތް މީހާ ގައުމަށް ފޮނުވާލަނީ
ބަރަހަނާކޮށް ހުރެ މިސްކިތަށް ވަނުމުގެ ސަބަބުން ހައްޔަރު ކުރި ބިދޭސީ މީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގެ އަޕްޑޭޓަކަށް ނޫސްވެރިއަކު އެދުމުން ފުލުހުންގެ މައުލޫމާތު ހިއްސާ ކުރާ ގްރޫޕުގައި ފުލުހުންގެ މީޑިއާ އޮފިޝަލެއް ބުނެފައިވަނީ މިހާރު އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހާ ދޫކޮށްލި ނަމަވެސް އެ މީހާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަނަގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. 

މިހާތަނަށް ބެލިބެލުމުން އެ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހިމެނޭ މީހާ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ވަންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އިރު، އާންމުންގެ ބަޔަކު އޭނާ މިސްކިތުން ނެރުމަށް މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯ އިން ފެނިގެން ދެ އެވެ. ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ މި ހާދިސާ ހިނގި މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް