ޓިކްޓޮކް--
ޓިކްޓޮކް ގޭމެއްގައި ބައިވެރިވި އިޓަލީ ކުއްޖަކު މަރުވެއްޖެ
Share
އިޓަލީގައި ޓިކްޓޮކް ގޭމެއްގައި ބައިވެރިވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
Advertisement

އެ ކުއްޖާ ބައިވެރިވީ ވައިރަލްވެފައިވާ "ބްލެކްއައުޓް ޗެލެންޖް" ގައެވެ. މި ޗެލެންޖުގައި ކުދިން ކެމެރާ ކުރިމަތީގައި ހުރެ އަމިއްލައަށް ނޭވާ ނުލެވޭ ގޮތް ހަދަ އެވެ. އެއީ ސިކުނޑިއަށް އޮކްސިޖަން ދިޔުން ވަގުތުކޮޅަކަށް ހުއްޓުވުމަށެވެ. 

އެ ޗެލެންޖަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އިޓަލީގެ ޕަލޭމޯގައި އެ އަންހެން ކުއްޖާ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ދައްތަ އަށެވެ. އެކަމާ ގުޅިގެން ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ މަޖިލިސް ކޮމިޓީން ވެސް ވަނީ ސޯޝަލް މީޑިއާގައި މިފަދަ ކޮންޓެންޓު ފެތުރޭތީ ފާޑުކިޔާފަ އެވެ.

އަދި އުމުރުން 18 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރާ ގޮތް ހަރުކަށިކޮށް މޮނީޓާ ކުރުމަށް ދަނީ ވިސްނަމުންނެވެ. އެ ކުއްޖާގެ މަރަށް ޓިކްޓޮކުން ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައި ވާތީ ޓިކްޓޮކުގެ ތަރުޖަމާނަކު ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. 

ތަރުޖަމާނުގެ ބަޔާނުގައި ބުނީ ނުރައްކާތެރި އަމަލުތައް ކުރިއަރުވާ ކަހަލަ އެއްވެސް ކޮންޓެންޓެއް ޓިކްޓޮކުގައި ފެތުރުމަށް ހުއްދަ ނުދޭ ކަމަށެވެ. މި މައްސަލައިގެ އިތުރުން އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ ޓިކްޓޮކްގެ މައްސަލައެއް ކޯޓަށް ހުށަހަޅާފަ އެވެ. 

މިދިޔަ ޑިސެމްބަރު މަހު ކޯޓަށް ވެއްދި މައްސަލާގައި ބުނީ ކުޑަކުދިން ރައްކާތެރި ކުރުމަށް ޓިކްޓޮކުން އެއްޗެސް ފަރުވާތެރިކަމެއް ނުގެންގުޅޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް