ads
ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ހަޔާތުގައި 2020 ވަނަ އަހަރަކީ ރަން އަހަރެއް
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްފެނީ (އެމްޓީސީސީ) ގެ 40 އަހަރުގެ ހަޔާތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ އަހަރުގައި ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 2020 ވަނަ އަހަރަކީ އެމްޓީސީސީ ހަޔާތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށާއި އެއީ 203.11 މިލިއަން ރުފިޔާގެ ފައިދާއެއް ކަމަށެވެ. އަދި އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

އަދި އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއަށް ރިކޯޑް ބްރޭކިން އާމްދަނީއެއް ލިބުނީ 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތުގައި ކަމުގައި ވީ ނަމަވެސް އެ ކުންފުޏައް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެއީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ 2020 ވަނަ އަހަރަކީ އެ ކުންފުނިން އެންމެ ގިނަ ޕޮރެޖެކްޓް ނިންމާލި އަހަރު ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ 34 ޕޮރޮޖެކްޓެއް ނިންމާފަ އެވެ. އެއީ 2019 ގައި ފަށާފައިވާ ޕޮރެކްޓާއި 2020 ވަނަ އަހަރު ފެށި ޕޮރެޖެކްޓުތައް ހިމެނޭ ގޮތަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

your imageއެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

ނިމިދިޔަ އަހަރަކީ ކޮވިޑް 19 ގެ ސަބަބުން ރާއްޖެ ފުރަބަންދަކަށް ދެވުނު އަހަރަކަށް ވުމުން އެކަމުގެ ސަބަބުން އެމްޓީސީސީއަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން އާޒިމް ވިދާޅުވީ އެންމެ ބޮޑަށް ދަތިވީ ބޭރު ފައިސާ ލިބުމަށާއި ދަތުރުފަތުރު ކުރުމަށް ކަމަށެވެ. އަދި ކޯޑިނޭޝަންގައި ވެސް ދަތިތަކަކާ ކުރިމަތިވި ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ އެމްޓީސީސީން ވަނީ ނިމިދިޔަ އަހަރަކީ އެ ކުންފުންޏަށް ރަން އަހަރެންގެ ގޮތުގައި ހަދާފަ އެވެ.

މިހާރު އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތަކީ އެ ކުންފުނީގެ ދިވެހި މުވައްޒަފުން ތަމްރީނުކޮށް ބިދޭސީ މަސައްކަތްތެރިން މަދުކުރުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީގެ އިކުއިޕްމެންޓްތައް ރަނގަޅަށް ދެމެހެއްޓުމުގެ ނިޒާމެއް އެކުލަވާލުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ނިމިދިޔަ އަހަރު އެމްޓީސީސީން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ އިރު މި ފެށުނު 2021 ވަނަ އަހަރަކީ އެއަށް ވުރެ ކާމިޔާބު އަހަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުގެ ގިނަ ކުންފުނިތަކަށް ގެއްލުންވެފައިވާ އިރު، ސާފު ފައިދާއެއް ލިބިފައިވާ މަދު ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ އެމްޓީސީސީގެ ތާރީހުގައި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ފައިދާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް