ads
އަންހެނުންތަކަކާ ފޮށުނު މީހަކު ހައްޔަރުކޮށްފި
އަންހެނުންތަކަކާ ފޮށުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 13:05 ހާއިރު މާލެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށި, އާންމު އުނދަގޫ ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 50 އަހަރުގެ ބިދޭސީއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ މިދިޔަ ބުދަ ދުވަހު އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެ ވަތް މީހާ ކަމަށް އަންނަނީ ހަބަރު ފެތުރެމުންނެވެ. ނަމަވެސް މިހާތަނަށް މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެ މައްސަލާގައި ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ އަނބުރާ ބަނގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.  

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް