ads
ގިލި ލަންކަންފުށީގެ ޖީއެމް (މ)
ގިލި ލަންކަންފުށީގެ ޖީއެމް ހައްޔަރު ކުރުމަށް ގޮވާލާ މުޒާހަރާއެއް ކުރަނީ!
ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ހައްޔަރު ކުރުމަށް ގޮވާލާ މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ މާދަމާ ހަވީރު 4:30 ގައި އެ ރިސޯޓު ކުރިމަތީގަ އެވެ. 

މި މައްސަލައިގައި ހިމެނޭ އެ ރިސޯޓުގެ ދިވެހިން ހައްޔަރުކުރުމަށް ފަހު ބޭރު މީހުން ދޫކޮށްލި ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. 

"އިންސާފަކީ ހަމަހަމަ ވާން ޖެހޭނެ އެއްޗެއް. ދިވެހި މީހާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ޖީއެމްއެއް ނުގެންދޭ،" މި މައްސަލައިގައި ހިތްހަމަނުޖެހޭ މީހަކު މިއަދު ބުންޏެވެ. 

ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު ރޭގެ ވަގުތެއްގައި އަރާ، ފިނޮޅު ހަލާކުކޮށްލުމަށް މަސައްކަތް ކުރި ކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. 

އެ މައްސަލައިގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ގިލި ލަންކަންފުށީގެ ބައެއް މުވައްޒަފުން އެ ފިނޮޅު ހަލާކުކޮށްލުމުގައި ބައިވެރިވާ މަންޒަރު ފެނެ އެވެ. 

މި މައްސަލަ މިހާރު ފުލުހުންނާއި އީޕީއޭ ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް