ads
ޑރ. ޓެޑްރޮސް އަދަނޮމް
ޑަބްލިއުއެޗްއޯގެ ވެރިޔާ އިންޑިއާއަށް ޝުކުރު އަދާކޮށްފި
ކޮވިޑް 19 އާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ޝުކުރު އަދާކުރައްވައިފިއެވެ.

ޑރ. ޓެޑްރޮސް އިންޑިއާއައް ޝުކުރު ދައްނަވާ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑާ ދެކޮޅަށް އިންޑިއާ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރުއަދާކުރައްވާ ކަމަށާއި ކޮވިޑުން ސަލާމަތްވެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. 

އިންޑިއާއިން ވަނީ ރާއްޖެއަށް ހިލޭ އެހީގެ ދަށުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިސާކޮށްފައެވެ. 

މީގެއިތުރުން ލައްކާ، ބޫޓާން އަދި މޮރޮކޯގެ އިތުރުން ކައިރި ގިނަ ގައުމުތަކަށް އިންޑިއާއިން ދަނީ ވެކްސިން ފޯރުދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް