ads
ފޮޓޯ: އެމްއެންޑީއެފް
ޖެޓްސްކީގައި ގެއްލުނު ދެ މީހުން އޮޔާދަނިކޮށް ފެނިއްޖެ
ޖެޓްސްކީއެއްގައި ފުށިފަރު ރިސޯޓުން ގެއްލުނު ދެ މީހުން އޮޔާދަނިކޮށް ފެނިއްޖެ އެވެ.

މިރޭ 7:04 ގައި އެކަމުގެ ރިޕޯޓް ލިބިގެން އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފެށި އެވެ. 

އެމްއެންޑީއެފުން ބުނީ އެ ދެ މީހުން މިރޭ 20:42 ހާއިރު ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިން ފެނިފައިވާ ކަމަށެވެ. އެގޮތުން ޖެޓްސްކީގެ އިންޖީނު ހުއްޓި ދެ މީހުން އޮޔާދަނިކޮށް ފެނުނީ ކުރެއްދޫ ރިސޯޓުގެ ލޯންޗަކަށް ކަމަށާއި އެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ. 

ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ވެސް މިހާރު ކުރެއްދޫ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

އެ ދެ މީހުންނަކީ ފުށިފަރު ރިސޯޓުގައި މަަސައްކަތްކުރާ 24 އަހަރުގެ ފިރިހެނަކާ 29 އަހަރުގެ އަންހެނެކެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް