ads
ކޮވިޑް ވެކްސިން--
ކޮވިޝީލްޑް ވެކްސިން: މާބޮޑު ސައިޑް އިފެކްޓެއް ނުހުރޭ!
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި ވެކްސިން ކަމަށްވާ "ކޮވިޝީލްޑް" ވެކްސިން އާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އަންނަނީ އުފެދެމުންނެވެ. އެގޮތުން އެއީ ރައްކާތެރި ވެކްސިނެއްތޯ ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރުހުން ލިބިފައިވާ ވެކްސިނެއްތޯ އަދި އެ ވެކްސިން ބޭނުން ކުރުމުން ދިމާވެދާނެ ސައިޑް އެފެކްޓްތަކަކީ ކޮބައިތޯ ކުރެވޭ ސުވާލު ފާހަގަކުރެވެ އެވެ. މިއީ ގިނަ ބައެއްގެ ހިތުގައި މިހާރު ވެސް އުފެދެމުން އަންނަ ސުވާލުތަކެކެވެ.

މިފަދަ އެތައް ސުވާލުތަކަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ޖަވާބު ދީފަ އެވެ. އެގޮތުން މި ރިޕޯޓުގައި މި ހިމަނާލަނީ އެޗްޕީއޭއިން މި ވެކްސިނާ ގުޅޭ ގޮތުން މިހާތަނަށް ދީފައިވާ ބައެއް މައުލޫމާތުތަކެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި ކޮވިޑް ވެކްސިންގެ ޝިޕްމެންޓް އަކީ އަވަށްޓެރި އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އެއީ ކޮވިޝީލްޑް ވެކްސިން އެވެ. އަދި މި ވެކްސިން އަކީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެކެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމުން ދިމާވެދާނެ ބައެއް ސައިޑް އެފެކްޓްތަކުގެ ތެރޭގައި، އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ހުން އައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، މޭ ނުބައިކުރުން، ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުމަކީ ވެސް ދިމާވެދާނެ ކަންކަމެވެ. 

ނަމަވެސް ވެކްސިން ޖެހުމުން ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަހާއި ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅު ވާނެ އެވެ.

މި ވެކްސިން އަކީ އަދި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައި ނުވާ ވެކްސިނެއް ނަމަވެސް މި ވެކްސިން މިހާރު ވަނީ ކްލިނިކަލް ޓްރަޔަލްގެ އެންމެ ފަހު މަރުހަލާ ކަޑައްތު ކޮށްފަ އެވެ. އަދި ރާއްޖޭގައި ވެކްސިން ދޭން ފަށާނީ އެ ޖަމްއިއްޔާގެ އެޕްރޫވަލް ލިބުމުން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް