ވެންޓިލޭޓަރުގައި ބާއްވައިގެން ކޮވިޑް ބަލި މީހަކަށް ފަރުވާ ދެނީ--
ޔޫކޭގައި 4000 އަށް ވުރެ ގިނަ ކޮވިޑް ބަލި މީހުން ވެންޓިލޭޓަރުގައި
Share
އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 4،000 އަށް ވުރެ ގިނަ މީހުންނަށް މި ވަގުތު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.
Advertisement

މިދިޔަ ހުކުރު ދުވަހާ ހަމައަށް ހުރު ތަފާސްހިސާބަށް ބަލާއިރު، މި ވަގުތު 4،076 މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. މިއީ މިދިޔަ އޭޕްރިލް މަހު އައި ކޮވިޑުގެ ފުރަތަމަ ރާޅަށް ވުރެ މަތީ އަދަދެކެވެ. އޭރު އެއް ފަހަރާ ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނީ 3،301 މީހުންނަށެވެ. 

އިއްޔެ އެކަނިވެސް އިތުރު 33،552 މީހުން އެގައުމުން ޕޮޒިޓިވްވެފައި ވާއިރު، އިތުރު 1،348 މީހުން ވަނީ މަރުވެފަ އެވެ. ޔޫކޭގެ ހާލަތު ގޯސްވެފައި ވަނީ މާ ހަލުވިކޮށް ފެތުރޭ ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް އެގައުމުން ފެނި ފެތުރެން ފެށުމުންނެވެ.

އެގައުމުގައި ވެކްސިން ދޭން ފެށި ނަމަވެސް މިހާތަނަށް ހާލަތު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ. އަދި ހޮސްޕިޓަލްތައް ފުރި، އެމެޖެންސީ ހޮސްޕިޓަލްތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި ޑިސެމްބަރު 18 އިން ފެށިގެން ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ އަދަދު ދަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ.

މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށުމާއެކު އިނގިރޭސި ސަރުކާރުން ވަނީ ޗައިނާ އަދި އިޓަލީއަށް ދިމާވި މައްސަލަތަކަށް ރިއާޔަތްކޮށް، ގިނަ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ވެންޓިލޭޓަރު އުފެއްދުމަށް ވެސް ކުންފުނިތަކަށް ބާރު އެޅި އެވެ. 

އެގޮތުން އިނގިރޭސި ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް ބޭނުން ކުރެވޭ ގޮތަށް މިހާރު 30،000 ވެންޓިލޭޓަރު އެބަ ހުއްޓެވެ. އެއީ އެގައުމުގައި އުޅޭ ކޮންމެ 2،200 މީހަކަށް ވެންޓިލޭޓަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް