ads
އެރިޔަދޫ ރިސޯޓް-
ރިސޯޓެއްގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ
މާލެ އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ އެވެ.
މާލެ އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރު 2:22 ގަ އެވެ. އަދި މަރުވެފައި އޮއްވާ ފެނިފައި ވަނީ 60 އަހަރުގެ ރަޝިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިހާރު ފުލުހުންގެ ޓީމެއް އެރިސޯޓަށް ގޮސް އެމީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް