ads
ސަރުކާރު ކޯލިޝަން ލީޑަރުންނާއި އެކު ރައީސް ސޯލިހު އަދި ނާއިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ / މިހާރު
ކޯލިޝަން ސަރުކާރު އެއް އަހަރަށް ދެމެހެއްޓެވި ފުރަތަމަ ރައީސް!
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުރަތަމަ ނިކުމެވަޑައިގަތީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައެވެ. ވާދަކުރައްވަން ޖެހިވަޑައިގަތީ ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި އަދި ގިނަ ބައެއްގެ ތާއީދާއި ލޯބި އޭރުވެސް ލިބިވަޑައިގެންނެވި ކުރީގެ ރައީސް އަދި މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއެވެ. އޭގެއިތުރުންވެސް ވަކިވަކިން ގިނަ ބަޔަކު ވާދަކުރެއްވިއެވެ. ރައީސް ސޯލިހުގެ ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް އޭރު ވެރިކަމަށް ކުރިމަތިލެއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުރަތަމަ ނިކުމެވަޑައިގަތީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓުގަ އެވެ. ވާދަކުރައްވަން ޖެހިވަޑައިގަތީ ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި އަދި މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާ އެވެ. މީގެއިތުރުންވެސް ވަކިވަކިން ގިނަ ބަޔަކު ވާދަކުރެއްވި އެވެ. ރައީސް ސޯލިހުގެ ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް އޭރު ވެރިކަމަށް ކުރިމަތިލެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ބުރަކަށް ދާން ޖެހުނެވެ. ދެވަނަ ބުރަށް ވަޑައިގަތީ ރައީސް ނަޝީދާއި ރައީސް މައުމޫނެވެ. ރައީސް މައުމޫނު ދެވަނަ ބުރުގައިވެސް ނިކުމެ ވަޑައިގަންނަވަން ޖެހުނީ ގިނިކަންޏާ އެވެ. ނަމަވެސް ރައީސް ނަޝީދު ނިކުމެވަޑައިގަތީ "ވަތަން އެދޭ ގޮތަށް" މި ނަމުގައި ކޯލިޝަނެއް ހަދައިގެންނެވެ. އޭރު ރާއްޖޭގައި ތިއްބެވި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ރައީސް ނަޝީދަށް ތާއީދު ކުރެއްވި އެވެ. އަދި ފަސޭހަކަމާ އެކު އިންތިހާބުގައި ރައީސް މައުމޫން ބަލިކުރައްވާ ޑިމޮކްރަސީގެ ކުޑައިގެ ހިޔަލުގައި ރާއްޖެއަށް އިންތިހާބުވި ފުރަތަމަ ރައީސަކަށް ރައީސް ނަޝީދު ވެވަޑައިގަތެވެ.

އެމަނިކުފާނުގެ ސަރުކާރަށް 21 ދުވަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ކޯލިޝަނުން ފެޔަށް ޖެހުނެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އެހެއް ބައެއް ޕާޓީތައް ވެސް ކޯލިޝަނާއި ފެޔަށް ޖެހި މަޖިލިސް ތެރެއިންނާއި އަދި މަގުމަތިންވެސް ރައީސް ނަޝީދަށް ސަރުކާރު ހިންގުމަށް ދަތިތައް ކުރިމަތި ކުރުވި އެވެ. ރައީސް ނަޝީދުގެ ސަރުކާރު ދެއަހަރާއި ބައިގެ ތެރޭގައި ނިމިގެން ދިޔައީ މި ދެންނެވި ކޯލިޝަނުގެ ތަޖުރިބާ އެމަނިކުފާނު ކުރައްވައިގެންނެވެ.

ދެން އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. މި އިންތިހާބުވެސް ހިނގައި ދިޔައީ 2008ގެ އިންތިހާބުގައިވެސް ފެނިގެން ދިޔަ ފަދަ މަންޒަރުތަކަކާ އެކު އެވެ. އެފަހަރު އިތުރު ޕާޓީ ތަކަކާ އެކު ކޯލިޝަނެއް ހަދައިގެން ދެވަނަ ބުރަކަށް ދިޔައީ ރައީސް ޔާމީން އެވެ. ރައީސް ނަޝީދު އިންތިހާބުގެ ދެވަނަ ބުރުގައި ނިކުމެވަޑައިގަތީ ގިނިކަންޏާ އެވެ. މިފަހަރުވެސް ކޯލިޝަން ހެދުމުގެ ބޮޑު ރޯލެއް އަދާކުރީ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީންނެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް ސަން ޓްރެވަލް ސިޔާމްގެ އެމްޑީއޭ ވެސް ރައީސް ޔާމީނާ އެކު ކޯލިޝަން ހެދި އެވެ.

މަޖިލިސް އިންތިހާބުގެ ތެރޭގައި ރައީސް ޔާމީނާ އެކު ޕާޓީތަކުން ހެދި ކޯލިޝަން ރޫޅިގެން ދިޔައީ މަޖިލިސް ރައީސްކަމަށް އައްޔަން ކުރާނެ ބޭފުޅަކާއި މެދު ހިނގާދިޔަ ބަހުސްގެ ތެރެއިންނެވެ. ކޮންމެއަކަސް ރައީސް ޔާމީނުގެ ވެރިކަން ނިމުމަކާއި ހަމައަށް އައިއިރު އަރިހުގައި ހުރި ސަން ޓްރެވަލް ސިޔާމްވެސް ފެޔަށް ޖެހުނުތަން ފެނިގެން ދިޔަ އެވެ.

މިއަދު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވެސް ކޯލިޝަން ސަރުކާރެކެވެ. ވެރިކަމުގެ ހުވާ ކުރެއްވުމާއި ހަމައަށްވެސް އެންމެ ބޮޑު ބިރެއް އޮތީ މިކަމަށެވެ. ކޯލިޝަން ސަރުކާރެއްގައި ޕާޓީތައް އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަކީ މުޅި ސަރުކާރުގެ މައިބަދައެވެ. މާޒީގައި ކަން ހިނގާދިޔަ ގޮތުން އެންމެ ޕާޓީއެއް ފެޔަށް ޖެހުނު ނަމަވެސް އެއީ މައިބަދައިން ކައްޓެއް ނައްޓައިގެން ދިޔުން ފަދަ ކަމެކެވެ.

"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ،" ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާ ފުރަތަމަ ފަހަރަށް ދިވެހި ގައުމާއި ރައްޔިތުންނާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިފަދައިންނެވެ.

ރައީސް އެ ދެއްވި ޔަގީންކަން އޭގެ ފުރިހަމަ ގޮތުގައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ފެނިގެން ދިޔައީ 100 ދުވަހާ ހަމައަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔަ ގޮތުން ސަރުކާރު ކޯލިޝަނަށް ތާއީދުކުރާ ރައްޔިތުންނަށް މާޒީ ހަނދާން ވެގެން ދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައަށް ދިޔައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަން އޮތީ ކިރިޔަ ކިރިޔާ ވަކި ނުވާ ހިސާބުގަ އެވެ. އެހެންނަމަވެސް ރައީސް ސޯލިހު ހުންނެވީ ސާބިތު ކަންމަތީގަ އެވެ. އާއްމު ބަހުން ދަންނަވާ ނަމަ ރައްޔިތުންނަށް އެމަނިކުފާނު ކޯލިޝަނުގެ ގުޅުމާއި ގުޅޭ ގޮތުން ދެއްވަނީ ވަރަށްވެސް "ކޫލް" ޖަވާބެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރިގެން ދިޔައިރު ދިވެހި ރައްޔިތުން ވެރިކަމުގެ ކުރީކޮޅުގައިވީ މާޔޫސްކަން ހިނިތުންވުމަކަށް ބަދަލު ކޮށްދެއްވީ ރައީސް ސޯލިހެވެ. ތަފާތު ހިޔާލުތަކާއި އެކުގައި ކޯލިޝަނަކާ އެކު ވެރިކަމުގެ އެއް އަހަރު ނިންމަވާލައްވާ ތާރީހުގެ ތެރެއަށް ވެންނެވި ފުރަތަމަ ރައީސަކީވެސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން "ސީއެންއެމް"އަށް ވިދާޅުވީ ކޯލިޝަން ސަރުކާރެއް ރައީސް ސޯލިހު ދެމެހެއްޓެވުމަކީ އެމްއާރްއެމްއަށް ވެސް އަދި މުޅި ސަރުކާރު ކޯލިޝަނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެކަން އެގޮތަށް ވެގެން ދިޔައީ ރައީސް ސޯލިހު ކޯލިޝަން ލީޑަރުންނާއި ބާއްވާ ގާތް ގުޅުމުގެ ސަބަބުންނާއި ދެއްވާ އެއްބާރުލުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަނެއް އޮތުމަކީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް. ރައްޔިތުން ބޭނުން ވަނީ ލީޑަރުންގެ ވިސްނުންތަކާއި އެކުގައި ގައުމު ތަރައްގީވެގެން ދާން. އެކަށީގެންވާ ހިދުމަތެއް ގައުމަށް ލިބިގެންދާނީ ވެސް އަދި ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ފޯރު ކޮށްދެވޭނީ ވެސް ގިނަ ލީޑަރުން ތިއްބަވައިގެން،" ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

ކޯލިޝަންގެ އެންމެ މުހިއްމު ޕާޓްނަރެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރާ ޕާޓީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވެސް ވަނީ މިއީ މުޅި ކޯލިޝަނަށް ލިބިގެންދިޔަ ކާމިޔާބެއް ގޮތުގައި ސިފަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޖޭޕީން ރައީސް ސޯލިހު ވެސް ހިމަނައިގެން ތިން ބޭފުޅަކު ވެރިކަމަށް ގެނައުމަށް މީގެކުރިން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ފުރަތަމަ ދެފަހަރުވެސް އެޕާޓީއަށް ލިބިގެން ދިޔައީ ނިކަމެތިކަން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. ނަމަވެސް މިފަހަރު ފެނިގެން ދިޔައީ ތަފާތު މަންޒަރެއްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ މި ސަރުކާރުގެ ނެގެހެއްޓުމުގައި ޖޭޕީގެ ދައުރަކީ ވެސް މުހިއްމު ދައުރެއް ކަމަށެވެ.

"ރައީސް ސޯލިހަކީ ލީޑަރެއްގެ ގޮތުގައި ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެއް. އެމަނިކުފާނަށް އެންމެ މުހިއްމު ވާނީ ގައުމާއި ރައްޔިތުން. އެމަނިކުފާނަކީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތް ހަނދުމަފުޅު ނައްތާ ނުލައްވާ ކުރިއަށް ވަޑައިގަންނަވާ ވެރިއެއް. އަޅުގަނޑުމެން ގަބޫލުކުރަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިކަން މި އުސޫލުން މި މަގުން ކުރިއަށް ދާނެ ކަމަށް އިރާދަކުރެއްވިއްޔާ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޖޭޕީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ދެއްވަންޖެހޭ ލަފަޔާއި އިރުޝާދު ކޮންމެ ވަގުތެއްގައިވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްވާނެ ކަމުގެ ޔަގީންކަން އަލީ ދެއްވި އެވެ.

ރައީސް ސޯލިހު އެންމެ ފަހުން ގައުމާއި މުހާތަބު ކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގެންނެވުނު ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ. އަދި ރިޔާސީ އިންތިޚާބުގައި، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ރައްޔިތުން ގާތު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޯލިޝަން ދެމެހެއްޓުމުގެ ވައުދަކީ ހަމަގައިމުވެސް ސިޔާސީ ލީޑަރުންނާއި ކޯލިޝަން ޕާޓްނަރުންނަށް މުހިއްމު ވައުދެކެވެ. ހުރަސްތައް ގިރާކޮށް ހިޔާލު ތަފާތުވުންތަކަށް ވެސް ޖާގަ ދީގެން ވެރިކަމުގައި ދެމިހުރެވޭނީ ވަރަށް ބޮޑަށް ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅަކަށެވެ. ރައީސް ސޯލިހުގެ ވެރިކަމަށް އަހަރުވެގެން ދިޔައިރު އެމަނިކުފާނު ހާސިލްކުރެއްވި އެންމެ މުހިއްމު ލަނޑުދަނޑިއަކަށް މިކަން ވެގެންދާނެ އެވެ. ރައީސް ސޯލިހް ކޯލިޝަން ހިފެހެއްޓެވި ގޮތުގެ ވައުދަށް އޭ ރިޕޯޓް ހައްގެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް