ads
ފޮޓޯ؛ ހެލްތު މިނިސްޓްރީ
16 ރަށެއްގައި މަޝްރޫއު ހިންގަން ކައުންސިލާ ހަވާލުކޮށްފި
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު މިއަހަރުގެ ޕީ.އެސް.އައި.ޕީ ގައި ސިއްހީ ދާއިރާ އަށް ކަޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ހިންގުމަށް 16 ރަށެއްގެ ކައުންސިލާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތައް ކައުންސިލްތަކާއި ހަވާލުކޮށްދެއްމީ މިނިސްޓަރު އަހުމަދު ނަސީމެވެ. 

މިނިސްޓްރީން ބުނީ އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް، 2021 ވަނައަހަރުގެ ޕީ.އެސް.އައި.ޕީގައި ސިއްހީ ދާއިރާ އަށް ކަޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއޫތައް އެމަޝްރޫއެއް ނިސްބަތްވާ ކައުންސިލަކާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ނިންމަވާފައި ވުމާއި އެކު، 16 ރަށެއްގެ މަޝްރޫއުތައް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަން ހަވާލުކޮށްފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫ އާއި ހއ. މާރަންދޫ އަދި ހއ. ވަށަފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަނާއި ހދ. ފިނޭ ހެލްތު ސެންޓަރުގެ ވަށާ ފާރު ރޭނުމާއި ހދ. ވައިކަރަދޫ ހެލްތު ސެންޓަރު އެކްސްޓްރެކްޝަނެވެ. އަދި ރ. ވާދޫ ހެލްތު ސެންޓަރާއި ރ. މާކުރަތު ސިއްހީ މަރުކަޒާއި ރ. އަނގޮޅެތީމާއި އެއަތޮޅު ހުޅުދުއްފާރު ސިއްހީ މަރުކަޒު އެކްސްޓްރެކްޝަނާއި އއ. ފެރިދޫ އާއި މ. މުލަކާއި މާމެންދޫ ސިއްހީ މަރުކަޒު އެކްސްޓްރެކްޝަން ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގއ. ނިލަންދޫ ހެލްތު ސެންޓަރާއި ގއ. މާމެންދޫ ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ އިތުރުން ދެއްވަދޫ ސިއްހީ މަރުކަޒުގެ އެކްސްޓްރެކްޝަނާއި ގއ. ފިޔަވަރީ ސިއްހީ މަރުކަޒުގެ އެކްސްޓްރެކްޝަން މަސައްކަތް ހިމެނެ އެވެ. 

އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މިއީ 45 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ވީހާވެސް ބޮޑަށް މަންފާ ލިބިގެންދާނެ ގޮތަށް މި ޕްރޮޖެކްޓްތައް ހިންގޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުރަކުގެ ބިންގާ ވެސް އެޅިގެން ދިއުން ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް