ads
ބައްދަލުވުމުގެ ތެރެއިން--
ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަޖިޓޫރުގެ ތަޖުރިބާ ބޭނުންކުރެވިދާނެ: މައުސޫމް
ފަތުރުވެރިކަން ޒަމާނާއި އެއްގޮތައް ކުރިއަރުވާ ތަރައްގީކުރުމުގައި ސްޕެއިން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ފުރުސަތު އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޔޫއެންޑަބުލިއުޓީއޯގެ 113 ވަނަ ކައުންސިލް ބައްދަލުވުމަށް ޓޫރިޒަމް މިނިސްޓަރު ސްޕެއިންއަށް ކުރެއްވި ދަތުރާ ގުޅުވައިގެން މި މަހުގެ 21 ވަނަ ދުވަހު ސަޖިޓޫރުގެ އޮފީހުގައި ވަނީ އެ ކުންފުނީގެ ރައީސް އެންރިކް މާޓިނެޒް މަރިން އާއި ޑިރެކްޓަރު އޮފް ޓޫރިޒަމް ރިސާޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކާލޯސް ރޮމާރިއޯ އާ މިނިސްޓަރު މައުސޫމް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ސަޖިޓޫރު ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްގީކުރަން ގެންގުޅޭ ސިޔާސަތުތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވަނީ ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަ ކަންތައްތަކެއް ރާއްޖޭގައި ވެސް ތަންފީޒުކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. 

"ސަޖިޓޫރް" އަކީ ރިސާޗާއި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތައް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. 

ސަޖިޓޫރުގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކަޓިވް ޑިރެކްޓަރު ފަލީލާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް