ads
ފުލުހުން
މާލޭގެ އުސް އިމާރާތަކުން ދިވެއްސަކު ވެއްޓިއްޖެ!
މާލޭ ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން ދިވެހި ފިރިހެނަކު ވެއްޓިގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު ސީއެންއެމްއާއި ހިއްސާކުރައްވަމުން ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ، ވެއްޓިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓިފައިވަނީ އެގޭގެ ތިންވަނަ ފުލޯއިން ކަމަށެެވެ. 

ފުލުހުން ބުނީ އެހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:45 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހާއަށް  އައީޖީއެމް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ. 

 ހާދިސާއާއި ގުޅިގެން އެ ސަރަހައްދުަގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް