ads
-----------
ފުރަތަމަ އެވޯޑް ބަލައި ދިޔައީ އަމިއްލައަށް ހެދުން ފަހައިގެން: ކަންގަނާ
ކަންގަނާ ރަނައުތު މިވަނީ އޭނާއަށް ލިބުނު ފުރަތަމަ ގައުމީ ފިލްމު އެވޯޑު ބަލާއި ދިޔައީ އަމިއްލައަށް ހެދުމެއް ޑިޒައިންކޮށްގެން ލައިގެން ކަމަށް ބުނެފަ އެވެ.

2008 ވަނަ އަހަރު ނެރުނު ފިލްމު ފެޝަންއަށް ކަންގަނާއަށް އެ އެވޯޑު ލިބިގެންދިޔައިރު ކަަންގަނާ ބުނީ އެވޯޑު ހަފްލާއަކަށް ދާން ހެދުމެއް ފަހާނެ ފައިސާ އޭނާގެ އަތުގައި ނެތުމާއި ގުޅިގެން ހެދުން ޑިޒައިން ކުރީ އަމިއްލައަށް ކަމަށެވެ. 

ފޭން ޕޭޖަކުން ލާފައިވާ ފޮޓޯއެއް ޝެއާކުރަމުން ކަންގަނާ އެވާހަކަ ހިއްސާކޮށް ވަނީ އެއީ ވަރަށް ގިނަ ހަނދާންތަކާއި ގުޅިފައިވާ އެވޯޑް ހަފްލާއެއް ކަމަށް ބުނެފަ އެވެ. އެގޮތުން ހެދުން ޑިޒައިންކުރީ އަމިއްލައަށްކަން ފާހަގަކޮށް ބުނީ އެ ހެދުން އެހާ ހަޑި ނޫން ކަަމަށެވެ. 

ކަންގަނާ މިވަގުތު އަންނަނީ އޭނާގެ ކުރިއަށް އޮތް ދާކަޑްގެ މަސައްކަތްކުރަމުންނެވެ. މަދްޔާ ޕްރަދޭޝްގައި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދާއިރު އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ ހިއްސާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް