ads
ސަފާރީއެއްގައި ރޯވެފައި--
ސަފާރީއެއްގައި ރޯވެ، ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެ
ހުޅުމާލެއިން ހދ. ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ "ނޯޓިލަސް ވަން" ސަފާރީގައި އަލިފާން ރޯވެ، އެ ސަފާރީ ބޭނުން ނުކުރެވޭ ވަރަށް އަނދާއި އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:39 ހާއިރު ލިބުނު ކަމަށެވެ.

އެ ހާދިސާ ހިނގިއިރު އޭގައި ތިބީ ޖުމްލަ ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބިދޭސީއެކެވެ. އެ އެންމެނަކީ ވެސް ފަޅުވެރިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ސަފާރީގައި ރޯވުމާއެކު އެމީހުން ވަނީ ސަފާރީއާއެކު ދަތުރުކުރަމުންދިޔަ ޑައިވިން ދޯންޏަށް އަރާފަ އެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށާއި އެމީހުން ވަނީ ދަރަވަންދޫއަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ލޯންޗު ގޮސް، ސަފާރީގެ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންދަނިކޮށް 6:44 ހާއިރު ސަފާރީ ވަނީ ކަނޑު އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް