ads
މޯލްޑިވިއަންގެ ފްލައިޓެއް-- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓް
މޯލްޑިވިއަންގެ ޕްރޮމޯޝަންގެ މުއްދަތު އިތުުރުކޮށްފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕްރޮމޯޝަންގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މޯލްޑިވިއަން އިން ވަނީ އެ އެއާލައިނުން ކުރާ ޑޮމެސްޓިކް ދަތުރުތަކުގެ އަގުން 10 އިންސައްތަ ހެޔޮކޮށްފަ އެވެ. އެއީ އޮންލައިންކޮށް ޓިކެޓް ގަންނަނަމަ ލިބޭ ޑިސްކައުންޓެކެވެ. 

އެންމެ ފުރަތަމަ މޯލްޑިވިއަނުން ހެޔޮކުރީ ޑިސެމްބަރު 15 އާއި މި މަހުގެ 31 ދެމެދުގައި ކުރެވޭ ދަތުރުތަކުގެ އަގު ނަމަވެސް މިހާރު މިވަނީ އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރެވޭ ދަތުރުތަކުގެ އަގު ހެޔޮކުރަން ނިންމާފަ އެވެ. 

ދަތުރުގެ ހަތް ދުވަސް ކުރިން ޓިކެޓް ނަގަން ޖެހޭ އިރު، މި ސޭލް ނިމޭނީ އަންނަ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

މީގެ ކުރިން މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ އެ އެއާލައިނުން ފެށި މި ސޭލާއެކު ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވެ، އޮންލައިންކޮށް ޓިކެޓް ގަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

މޯލްޑިވިއަންގެ މޯބައިލް އެޕް ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓްގެ ނެގޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް