ads
އިންނަ---
އިންނަ ފުރަތަމަ ފަހަރަށް ރާއްޖެއަށް އަތުވެއްޖެ
ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިންނަ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މީގެ ދެ ދުވަސް ކުރިން ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއްގައި ނަގާފައިވާ ފޮޓޯއަކާއެކު އިންނަ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ. 

އުމުރުން 34 އަހަރުގެ އިންނަ ބުނާ ގޮތުގައި މިއީ އޭނާ ރާއްޖެެއަށް ޒިޔާރާތްކުރި ފުރަތަމަ ފަހަރެވެ.

ޔޫ އެންޑް މީ މޯލްޑިވްސްގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ރާއްޖެއަށް އައިސްފައި މިވަނީ ކާކާއެކު ކަމެއް ސާފެއް ނުވެ އެވެ. އެހެންނަމަވެސް 2.9 މިލިއަން ފޮލޯވަރުން ތިބި އިންނަގެ އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ވަނީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފަ އެވެ. 

ރޯމޭނިއާއަށް ނިސްބަތްވާ އިންނައަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ލަވަކިޔުންތެރިއެކެވެ.

48%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް