ads
އީސީގެ ރައީސް ޝަރީފް އަދި މިއަދު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި ހަބީބް ---
އީސީގެ ނައިބު ރައީސްގެ މަގާމަށް ހަބީބު އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އެކޮމިޝަނުގެ 623 ވަނަ އާންމު ޖަލްސާގައި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ހަމަޖައްސައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހަބީބް މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

މީގެ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އަހުމަދު އަކުރަމެވެ. ނަމަވެސް އަކުރަމް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް