ads
ފޮޓޯ ބީއެމްއެލް:-
ނުވަ މަސް ދުވަސް ތެެރޭ ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް 80،000 އެޕްލިކޭޝަން!
ނުވަ މަސް ދުވަސް ތެެރޭ ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް އެދި 80،000 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު މި ދަތި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް އެދި ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލް އިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޯރުކޮށްދޭ އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުންޏެވެ. 

މިއީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދެވެ. 

މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33 ޕަސަންޓަށް ވުރެ އިތުރު އަދަދެކެވެ.

"ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރުއަޅާފަ. މި ގޮތުން އިންޓަނެޓް ބޭންކިން ގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ. މީގެ ތެރޭގައި އިންޓަނެޓް ބޭންކިން އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ހިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ،" ބީއެމްއެލް އިން ބުންޏެވެ. 

މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗްތަކުން ކިއުބީއެޕް ނަންބަރުތަކަށް ހިދުމަތް ދެމުންދާއިރު ސާވިސް ސެންޓަރުތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. 

your imageބީއެމްއެލް މޯބައިލް އެޕް:- ފޮޓޯ ބީއެމްއެލް

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުން ކުރާ ވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާ ކަމަށް އެ ބޭންކުން ބުނެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް