ads
ދިވެހި ރުފިޔާގެ ނިޝާން ފަރުމާކޮށްގެން 20000 ރުފިޔާ ހޯދުމުގެ ފުރުސަތު
ދިވެހި ރުފިޔާގެ ނިޝާން ފަރުމާކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން ބުނީ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް ބޭނުންކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ނިޝާނެއް ހެދުމަށް އެ އޮތޯރިޓީން ނިންމައިފައި ވާތީ، އެ ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާ ކަމަށެވެ. 

ޑިޒައިން ހުށަހަޅަން ޖެހެނީ A4 ސައިޒް ކަރުދާހެއްގައި ކަޅާއި ހުދު ކުލައިންނެވެ. ޑިޒައިން ޕްރޮޕޯސަލްއާ އެކު ޑިޒައިންގެ ވެކްޓަ ފައިލް ވެސް ހުށަހަޅަން ޖެހެ އެވެ. އެގޮތުން ފަރުމާކޮށްފައިވާ ޑިޒައިނުގެ ގްރެފިކަލް ކޮންސްޓްރަކްޝަން، ފައިނަލް ޑިޒައިން އާއި އެއް ޕްރޮޕޯޝަނެއްގައި އެއަށްވުރެ ސައިޒުން ބޮޑުކޮށް ހުށަހަޅަން ޖެހޭއިރު ފައިނަލް ޑިޒައިން އާއި އެ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކޮންސެޕްޓް ވެސް ހުށަހަޅަން ޖެހެ އެވެ. 

އެގޮތުން ފަރުމާކޮށްފައިވާ ނިޝާނުން ރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ޕްރޮޕޯސަލްއާއެކު ފައިނަލް ޑިޒައިން ފޮންޓް ސައިޒް 500 ،400 ،300 ،200 ،100 ،80 ،40 ،20 ،10 އަދި 5 ޕޮއިންޓް ގައި ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އޭގެ އިތުރުން ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާން ޖެހޭއިރު އެ ޑިޒައިނަކީ ނުވަތަ އޭގެން އެއްވެސް ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެ އެވެ. 

އެކަމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި "ދިވެހި ރުފިޔާގެ ނިޝާންގެ ޑިޒައިން ޕްރޮޕޯސަލް" މިހެން ލިޔުމަށް ފަހު އެމްއެމްއޭގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލް ކުރާނަމަ، ޕްރޮޕޯސަލް ފައިލް [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވިދާނެ އެވެ.

އެ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 21 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. 

ޑިޒައިނެއް ހޮވުމުގައި ބަލާނެ ކަންކަން

  • ފަރުމާކޮށްފައިވާ ޑިޒައިނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭ މިންވަރު 
  • ތަފާތު ފޮންޓްތަކާއި ފޮންޓް ސްޓައިލްތަކާ އެކު ނިޝާން ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު
  • ޓައިޕޯގްރަފީގެ ހަމަތަކަށް ފެތޭ މިންވަރު. އެ ގޮތުން، ނަންބަރުތަކާއި ލިޔުމުގައި ބޭނުންކުރާ އެހެނިހެން ކެރެކްޓާތަކާ އެކު ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު
  • އެހެން ގައުމުތަކުގެ ފައިސާގެ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ހަމަތަކަށް ފެތޭ މިންވަރު 
  • އަތު ލިޔުމުގައި ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު

އެންމެ މަތިން މާކްސް ލިބޭ ޕްރޮޕޯސަލްގައި ހުށަހަޅާފައިވާ ޑިޒައިން ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު އެ ޑިޒައިނަށް ވެސް މަދުވެގެން 75 އިންސައްތަ މާކްސް ލިބެންޖެހެ އެވެ. އަދި ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރަން ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ލިބޭނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް