ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ރައްޔިތުންގެ މަޖިލިސް ޓިކްޓޮކަށް
ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް ބޭނުންކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް ހޭންޑްލްގެ ނަން "ޕީޕްލްސް މަޖިލިސް" ގެ ނަމުގައި އިންއިރު ޓިކްޓޮކް ބޭނުންކުރަން ފަށާފައިވާކަން މަޖިލީހުގެ ޓްވީޓާ އެކައުންޓު މެދުވެރިކޮށް ވަނީ ހިއްސާކޮށްފަ އެވެ. 

ޓިކްޓޮކަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު އެޕެކެވެ. އެގޮތުން ތަފާތު ލަވަކަތަކަށް ނެށުމާއި އެކްޓްކުރުން ފަދަ ކަންކަން އެ އެޕް މެދުވެރިކޮށް ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ކުރެ އެވެ. 

your imageމަޖިލިސް ޓިކްޓޮކަށް--

މަޖިލީހުގެ ޓިކްޓޮކް އެކައުންޓުގައި މިހާތަނަށް 12 ފޮލޯވަރުން އެބަ ތިއްބެވެ. އަދި އެއް ވީޑިއޯ ހިއްސާކޮށްފައިވާއިރު އެވީޑިއޯ އިން ފެންނަނީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ބަޔާން އިއްވާ މަންޒަރެވެ. 

އަދި އެ ވީޑިއޯ ނިންމާލަމުން ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ބުނެފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް