ads
ބްރޯޑްކާސްޓިން ކޮމިޝަން-
ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ބްރޮޑްކޮމް އިން ގޮވާލައިފި
ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ބްރޮޑްކޮމް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ.

ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކުގެ އިތުރުން ބާއްވާ އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް ބްރޮޑްކޮމް އިން އިލްތިމާސް ކޮށްފައިވެ އެވެ.

އަދި އާންމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން އަދި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތްތަކާއި، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުންވެސް އެ ކޮމިޝަނުން މި ސާކިއުލާގައި ފާހަގަ ކޮށްފައިވެއެވެ.

ބްރޮޑްކޮމްގެ މި ސާކިއުލާއަކީ އިއްޔެ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކިޔާފައިވަނީ ވަކި ބަޔަކަށް ކަމަށް ބުނެ ގިނަ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން މައްސަލަ ޖެއްސުމާއި ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް