ads
އާދަމް ޝަރީފް އުމަރު- އިތުުރު ކާފް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ފަނޑިޔާރު ޝަހީދުއަށް ސެލިއުޓް އަރުވަން: އާދަމް ޝަރީފް އުމަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝަހީދުއަށް ސެލިއުޓް އަރުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ސީއެންއެމްގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ތާއީދުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްކަމަށް އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ސައިން ޝަހީދު ރައުޔު ނެރުއްވުމުން، ފަނޑިޔާރު ޝަހީދުއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އެމަނިކުފާނު ދެއްވި ރައުޔު ދެއްވީ ސިޔާސީ ނުފޫޒުންކަމަށް ދެކެވޭ ވާހަކަ ތަކަށް ރައްދުދެއްވަމުންނެވެ. 

އާދަމް ޝަރީފް ވިދާޅުވީ، ފަނޑިޔާރު ޝަހީދުއަކީ ވެސް ސިޔާސީ ކޮންމެވެސް ފިކުރަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަރާތަކަށް ވެދާނެ ކަމަށާއި، ހަމައެގޮތަށް މިހާރު ސުޕްރީމް ކޯޓުގައި އެތިއްބެވި ގިނަ ފަނޑިޔާރުންނަކީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން އެކި ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރެއްވުމަކީ މައްސަލައެއްނޫން ކަމަށާއި، ނަމަވެސް އެމަސައްކަތް ކުރައްވާއިރު އެއްވެސް ނުފޫޒެއް ފޯރައިގެން ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރު ޝަހީދުއަކީ ދަންނަ ބޭފުޅެއްވެސް ނޫން ކަމަށާއި، އަދި ބައްދަލުވެފައިވެސް ނުވާކަމަށެވެ. ނަމަވެސް ބުއްދީގެ ހަމަތަކުން ބަލާއިރު، އިމްލީ ގޮތުން އެމަނިކުފާނު އެދެއްކެވި ވާހަކަ ތަކާއި ހުއްޖަތާއި، އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާކުރެއްވައިގެން ދެއްކެވި ވާހަކަތަކަށް ބަލާނަމަ އެމަނިކުފާނަށް ސެލިއުޓްކުރާ ކަމަށެވެ.

މީގެއިތުރުން އާދަމް ޝަރީފް ވަނީ، ޝަހީދު އެދެއްކެވި ވާހަކަފުޅުގައި، ގާނޫނީ ގޮތުން އަދި އިސްލާމީ ޝަރީއަތާއި ގުޅުންހުރި ކަމެއްގައި، އެއްވެސް ނުފޫޒެއްގެ ތެރެއިން ކަމެއް ކުރައްވާފައި އޮތްތޯ ބެލުމަށް ރާއްޖޭގައި ތިއްބެވި އެހެން ފަނޑިޔާރުންވެސް އެމަނިކުފާނާއި ޗެލެންޖު ކުރައްވަންވީ ނޫންތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ އަދި އެއްވެސް ފަނޑިޔާރެއްވެސް އެމަނިކުފާނާއި ޗެލެންޖު ކުރެއްވިތަން ނުފެންނަ ކަމަށާއި އަދި، އެއީ ސިޔާސީ އެއްވެސް ނުފޫޒެއްގެ ތެރެއިން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރީންގެ ކުށް ސާބިތުވާ ކަމަށް ނިންމާ، ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވީ މިދިޔަ ހަފްތާގަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް