ads
އާދަމް ޝަރީފް އުމަރު--
އިންޑިއާއިން ރާއްޖެ ހިފާކަށް ނޫޅޭނެ: އާދަމް ޝަރީފް
އިންޑިއާއިން ރާއްޖެ ހިފަން އުޅޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ސީއެންއެމްގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިން ރާއްޖެ ހިފަން އުޅޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ނުވެސް ހިފޭނެ ކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް، ކޮންމެ ގައުމަކީވެސް މިނިވަން މުސްތަގިއްލު ގައުމެއްކަން ގަބޫލުކުރާނެ ކަމަށާއި، ރާއްޖެއާއި އިންޑިއާ އަކީ އެއްވެސް އިރެއްގައި އެބަސްވުންތަކެއް އޮތް ގައުމެއް ނޫންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. 

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މާރިޔާ އަހުމަދު ދީދީއަށް، ބޭނުން ވަގުތެއްގައި އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށާއި އެ ގާބިލުކަން އިންޑިއާގެ އެބަހުރިކަމަށް ވިދާޅިވެވުނީ އެކަމަނާގެ ހަނީމޫން ޕީރިއަޑުގައި ކަމަށާއި، މިހާރު އެއްސެވިކަމުގައި ވިޔަސް އެކަމަނާވެސް ވިދާޅުވާނީ އިންޑިއާއިން ރާއްޖެ ހިފަން ނޫޅޭނެއޭ ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ ކިބަޅި ފަރާތްތަކަށް ބުނާފަދައިން އިންޑިއާއަކީވެސް ރާއްޖޭގެ ކިބަޅި ފަރާތްކަމަށް ބުނުމުގެ ހައްގު އޮންނާނެ ކަމަށާއި، ތާރީހަށް ބެލިކަމުގައި ވިޔަސް އަދި ޖިއެގްރޮފިކަލީ ބެލިކަމުގައިވިޔަސް އިންޑިއާ އަށްވުރެ ދޮށީވާނީ ރާއްޖެކަމަށެވެ. 

އަދި އެއްވެސް ގައުމަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާ ނުކެވޭބނެ ކަމަށާއި، އަދިވެސް ބޮޑުތަކުރުފާނުންގެ ހިތްވަރު ދިވަހީންގެ ހުންނާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮތް ގުޅުމުގައި ދިމާވާ މައްސަލަތައް ދިމާވަނީ، މިސަރުކާރުން ބައިނަލްއަގްވާމީ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދޯހަޅިކަމުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް