ads
އަޒީޒާ މިސްކިތް ސަރަހައްދުގައި މީހަކަށް ހަމަލާދިނުން-- ފޮޓޯ: އެމްވީ ކްރައިސިސް
މިސްކިތަށް ވަދެ ހަމަލާދިން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާގެ ބަންދުގެ މުއްދަތަށް އިތުރު ފަސް ދުވަސް ޖަހާފައި މިވަނީ ކުރިން އޭނާގެ ބަންދަށް ޖެހި ދިހަ ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން މިއަދު މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުންނެވެ. 

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެމީހާ މިސްކަތުން ނެރުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. 

އެ މާރާމާރިއާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

މިސްކިތުގައި ނަމާދަށް ހުއްޓާ އެމީހަށް ހަމަލާދީ މާރާމާރީ ހިންގަން ބިދޭސީ މީހާ މަސައްކަތްކުރީ ކީއްވެގެންކަން ނޭނގޭ ކަމަށް ދިވެހި މީހާ ބުނެފައިވެ އެވެ. ގިނަ ބަޔަކު ވަނީ މިސްކިތުގައި ހުރި މީހާއަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް އެމީހާއަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް