ads
ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް އާއި އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް--
ޖަޒީރާ ސައްލާގެ ފުރަތަމަ މަޝްވަރާ މިމަހުގެ 27 ގައި، މަބްރޫކާއި ޑރ، ނަޒްލާ ބައިވެރިވާނެ!
ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދިނުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ފަށައި ޕްރޮގްރާމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ 20:30 ގައި އޮންނަ މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަން ހަމަޖެހިފައިވަނީ ސަރުކާރުގެ ކޮވިޑް ރެސްޕޮންސް ޕްލޭނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށެވެ. 

ރައްޔިތުންގެ ހިތުގައި އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޝުއޫރުތަކަށް ޖަވާބު ދެއްވާނީ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް އާއި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒެވެ.

އެގޮތުން އެ މައުލޫއަށް ސުވާލުކުރަން ބޭނުންވާ މީހުން، "ޖަޒީރާ ސައްލާ" ހޭޝްޓެގް ބޭނުންކޮށްގެން ސުވާލުތައް ކުރަމުން ގެންދިއުމަށް އެދިފައިވެ އެވެ. 

މި ވެރިކަމުގެ ކުރީކޮޅު ވެސް ވަނީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. އެ ބައްދަލުވުންތަކުގައި ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް އެ ޕްރޮގްރާމުގެ ދަށުން ލިބިގެންދިޔަ އެވެ. 

އެހެންނަމަވެސް ކޮވިޑާއެކު އެ ބައްދަލުވުންތައް ވެސް ހުއްޓުމަކަށް އައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް