ads
ފޮޓޯ: އޮލީމްޕިކް ކޮމިޓީ..
ގައުމީ ބީޗްވޮލީ މުބާރާތް އަންނަ މަހު!
ގައުމީ ބީޗް ވޮލީބޯޅަ މުބާރާތާއި، ބީޗް ވޮލީ ގައުމީ ލީގުގެ އިތުރުން މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތް އަންނަ މަހު ފަށަން ތާވަލުކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މި ތިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

އަދި މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން އެދުމުގެ އަދި ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 4 ވާ ބުރާފަތި ދުވަހުގެ 12:00 ގެ ކުރިން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. 

ބީޗްވޮލީ ގައުމީ މުބާރާތާއި ގައުމީ ލީގުގެ އިތުރުން މޯލްޑިވްސް އޯޕަންގައި ވެސް އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށްދާނެއެވެ. އަދި މި މުބާރާތްތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓު އަދި މާލެ ބީޗް ވޮލީބޯލް ކޯޓުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް