ads
ސޮންގް ޔޫ ޖުންގް--
ކޮރެއާގެ އެކްޓްރެސް ސޮންގް ޔޫ ޖުންގް މަރުވެއްޖެ
ދެކުނު ކޮރެއާގެ އެކްޓްރެސް ސޮންގް ޔޫ ޖުންގް އުމުރުން 26 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ ނިސްބަތްވާ "ސަބްލައިމް އޭޖެންސީން" ވަނީ އިއްޔެ އެކަން އިންސްޓަގްރާމު މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

އެ އޭޖެންސީން ކުރި ޕޯސްޓުގައި ބުނީ ޔޫ ޖުންގް އަކީ އޭނާގެ ހިނިތުންވުމުން އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިން މީހެއް ކަމަށެވެ. 

އޭނާ މަރުވީ ޖެނުއަރީ 23 ގައެވެ. އަދި އާއިލާގެ އެދުމުގެ މަތިން އެކަން އާއްމު ނުކޮށް ޖަނާޒާގެ ހުރިހާ ކަމެއް ވަނީ ނިންމާފަ އެވެ.

ޔޫ ޖުންގް މަރުވާން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ އެންމެ ފުރަތަމަ އާއްމުންނަށް ފެނުނީ 2013 ވަނަ އަހަރު ކޮސްމެޓިކް ކުންފުނި އެސްޓީ ލޯޑާގެ މޮޑަލެއްގެ ގޮތުގަ އެވެ. 

ހަމަ އެ އަހަރު އޭނާ ވަނީ ޓީވީ ޑްރާމާ "ގޯލްޑަން ރެއިންބޯ" އިން ފެނިފަ އެވެ. އޭގެ ފަހުން 2014 އަދި 2017 ގައި ދެ ޝޯއެއްގެ ސަޕޯޓިން ރޯލުން ވެސް ފެނުނެވެ.

އޭނާ އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ނެރުނު ފެންޓަސީ ޑްރާމާ "މައި ޑިއާ ނޭމް" ގެ ލީޑް ރޯލުންނެވެ.

ފަހަކަށް އައިސް ދެކުނު ކޮރެއާގެ ސެލެބްރިޓީން ޒުވާން އުމުރުގައި މަރުވުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް ގިނަ ފަހަރަށް މަރުވާ ސަބަބު ހާމައެއް ނުކުރެ އެވެ.

އެގޮތުން ޑިސެމްބަރު 2017 ގައި ކޭ ޕޮޕް ތަރި ކިމް ޖޮންގް ހިޔުން އުމުރުން 27 އަހަރުގައި މަރުވި އެވެ. އޭނާ މަރުވީ އަމިއްލަ އަށެވެ. 

އޭގެ ފަހުން އޮކްޓޯބަރު 2019 ގައި ލަވަކިޔުންތެރިޔާ ސުލީ ވެސް އުމުރުން 25 އަހަރުގައި މަރުވި އެވެ. އޭނާ މަރުވި ސަބަބެއް ނާނގަ އެވެ.

ހަމަ އެ އަހަރުގެ ފަހުކޮޅު ކޭ ޕޮޕް ތަރި ގޫ ހަރާ ވެސް އުމުރުން 28 އަހަރުގައި މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް