ads
....
ސައުދީގެ ވެރިރަށް ރިޔާދް އަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދް އަށް މިދިޔަ ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާތަށް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާދްއަށް ދިން ހަމަލާތަށް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. 

އަދި ސައުދީގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާގެ ސަބަބުން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވެއްޓި، އަރަބި ގައުމުތަކުގެ މެދުގައި އޮތް ހަމަޖެހުމަށްވެސް ބުރޫއަރާ ކަމަށާއި، މިކަމުގެ ސަބަބުން އެގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރަން މަސައްކަތްކުރާ ފަރާތްތަކަށްވެސް އެކަމުގެ އަސަރު ނުސީދާގޮތެއްގައި ފޯރާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހިމަނާފައެވެ. 

މީގެއިތުރުން ސައުދީ އަރަބިއްޔާ އަކީ ރާއްޖެއާއި އެކުވެރި ބަދަހި ގުޅުމެއް އޮންނަ ގައުމެއްކަމަށާއި އަދި ސައުދީން މިފަދަ ޓެރަރިސްޓް ހަމަލާތަކާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަށް ފާހަގަކުރާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް