ads
ވެންޓިލޭޓަރުގައި ބާއްވައިގެން ކޮވިޑް ބަލި މީހަކަށް ފަރުވާ ދެނީ--
މިއަދު ޕޮޒިޓިވް ވީ 109 މީހުން
މިއަދު ކޮވިޑް 19 އަށް 109 މީހުން ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މާލޭ ސަރަހައްދުން 78 މީހުންކަމަށެވެ. 

މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 20 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 1160 މީހުންނެވެ. 87 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. 

މިހާތަނަށް ޖުމްލަ  390،396 ސާމްޕަލް ވަނީ ނަގާފައެވެ. 

ރާއްޖޭގައި މި ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 13884 މީހުންނެވެ.  އަދި 51 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް