ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ސީއެންއެމް
ރާއްޖޭގެ ދެކުނުގައި މޫސުމަށް ސަމާލުވާން އަންގައިފި
ރާއްޖޭގެ ދެކުނުން، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ ދެކުނަށް ހުދު އެލާޓް ނެރިފައިވަނީ މިއަދު ހެނދުނު 8:30 އިން 14:00 އާ ހަމައަށެވެ. ބޯކޮށް ވާރޭވެހުމާއެކު އެ އަތޮޅުތަކަށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ބުނެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނޭ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތަރު މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އިން މައުލޫމާތުދެ އެވެ. އަދި ވިލާގނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މެޓް އިން މައުލޫމާތުދޭ ގޮތުގައި މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އަދި ރާޅުގެ އުސްމިނުގައި 2-5 ފޫޓުގައި ހުންނާނެ ކަމަށް ވެސް މެޓްއިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް