ads
މުހައްމަދު ލަތީފް، ހީނާ އަހުމަދު ސަލީމް އާއިއެކު
އިންތިހާބު ލަސްކުރަން ކުރެވޭނެ ހުރިހާކަމެއް ލަތީފް ދަނީ ކުރަމުން: ނޯމަލައިޒޭޝަން ކޮމިޓީ
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ލަސްކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް މުހައްމަދު ލަތީފް ދަނީ ކުރަމުން ކަމަށާއި، ވީއޭއެމްގެ މައްޗަށް ބަސްބުނެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް މިވަގުތު މުހައްމަދު ލަތީފްއަށް ނޯންނާނެ ކަމަށް، ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިހެން ބުނެފައި މިވަނީ، އެ އެސޯސިއޭޝަންގެ އިންތިހާބު އަވަސްކުރުމުގެ މަސައްކަތް ކުރުމަށް ގޮވާލައި، ރާއްޖޭގެ މީޑިއާއަކަށް ލަތީފް ދެއްވި އިންޓަވިއު އަކާއި ގުޅިގެންނެވެ. 

އެކޮމިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހަށް، މުހައްމަދު ލަތީފްގެ ދައުރު ހަމަވެފައިވާ ކަމަށާއި، އެހެންކަމުން ވީއޭއެމްގެ މައްޗަށް ބަސްބުނެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް މިވަގުތު ލަތީފްއަށް ލިބިގެންނުވާ ކަމަށެވެ. އަދި އެންމެ ގުޅިގެން އިންތިހާބު ބޭއްވުން އަވަސްކުރުމަށް ލަތީފް ގޮވާލާފައިވަނީ މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުންކަމަށާއި އަދި އިންތިހާބު ލަސްކުރެވެން ހުރި ހުރިހާ ކަމެއް ލަތީފް ދަނީ ކުރަމުން ކަމަށް އެ ނޫސްބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވޮލީބޯޅަ ރަނގަޅު ކުރުމުގެ ނަމުގައި ކަމަށް ބުނެ މިވަގުތު، ލަތީފް އެކި މީޑިއާ ތަކުގައި ވޮލީބޯޅަ އާއިލާ އާއި ސަރުކާރާއި ޖެހޭގޮތަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކަމުން ގެންދާކަމީ ކޮމިޓީން ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި، އަމިއްލަ ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކައި ވީއޭއެމްގެ ނަން ކިލަބުވާ ގޮތައް އަދި ފިތުނަފަސާދަ އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް ލަތީފް އަށް ނަސޭހަތްތެރިވާ ކަމަށެވެ. 

ވީއޭއެމްގެ ރައީސް ލަތީފްގެ އިތުބާރު ނެތްކަމަށް މެމްބަރު ކުލަބުތަކުގެ ވޯޓުން ފާސްވެ އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މިކަން ފާހަގަކޮށް ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކޮންގްރެސްގައި ފުރިހަމަ މެންބަރު ކުލަބުތަކުން ވަނީ އިންތިހާބު ބޭއްވެންދެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ވީއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ނޯމަލައިޒޭޝަން ކޮމީޓާއި ހަވާލުކޮށްފައި ކަމަށެވެ. އަދި އެކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ ބަލައިގެންފަވާކަމަށް ބަޔާނުގަ ފާހަގަކޮށްފަވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް