ads
އީސީގެ ރައީސް ޝަރީފް--
އިންތިހާބަށް ކެމްފެއިން ކުރުމުގެ ހުއްދަ ދީފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ޢީޢުލާންކުރުމަށް އީސީން ބޭއްވި އެ ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުކަމަށާއި އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. 

އަދި އެ ތާރީހް އިއުލާންކުރެއްވުމާއިއެކު މިއަދުން ފެށިގެން އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ކެނޑިޑޭޓުންނަށް ހުޅުވާލެވިފައިވާކަން ޝަރީފް ވަނީ އިއުލާން ކުރައްވާފައެވެ. ކެމްޕެއިން ކުރުމަށް ފުރުސަތު ހުޅުވުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އެ ފުރުސަތު ފަހިކޮށްދެވިފައިވަނީ އިންތިހާބީ ގާނޫނަށް ވަރަށް ފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަށްފަހު އެޗްޕީއޭއިން އެކަށައެލުމަށް ބުނާ ގައިޑްލައިންތައް އެކަށައެޅުމާއިއެކު ގައިޑްލައިންގައި ދީފައިވާ ގިނަ ލުއި ތަކުގެ ސަބަބުން ކަމަށެވެ. 

ހަބީބު ވިދާޅުވީ އެޗްޕީއޭއިން ނިންމާފައިވާ ގައިޑްލައިންނާއި އެއްގޮތައް އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ހުޅުވާލިނަމަވެސް އާއްމު ހާލަތުގައި ކެމްޕެއިންކުރާ ގޮތަކަށް ކޮވިޑްގެ ހާލަތުގައި ކެމްޕެއިން ކުރުމުގެ ހުއްދައެއް އެޗްޕީއޭއިން ނުދެއްވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 28 ދުވަހުގެ ތެރޭގައި ކެނޑިޑޭޓުންނަށް ހަމަހަމަކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ގާނޫނޫގައި އެބުނާ މުއްދަތުގެ ތެރޭގައި ދެވޭތޯ އީސީން ކަށަވަރު ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. 

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް މި އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. 

އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް، އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ އަހަރު ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު މަޖިީހުން ޖަލްސާއެއް ބާއްވާ ވަނީ "ސަންސެޓް ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ. 

އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތު ހަމަޔަކަށް ނޭޅި އިންތިހާބު ފަސްވަމުން ދާތީ އިތުރަށް ފަސްވިޔަ ނުދިނުމަަށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފަ އެވެ. އަދި މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ސަންސެޓް ގާނޫނަށް ގެނައި ބަދަލު ރައީސް ސޯލިހު ވަނީ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް