ads
ލަންކާ--
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އަންދާތީ އދ އިން ނުރުހުން ފާޅުކޮށްފި
ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މީހުން އަންދަމުންދާތީ އެކަމާ އދ އިން ނުހުރުން ފާޅުކޮށްފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މާހިރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުން އެއީ އިންސާނީ ހައްގުތަކާއި ހިލާފު އަމަލެއް ކަމަށާއި ލަންކާ ސަރުކާރުގެ އެ އަމަލުގެ ސަބަބުން އެގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ސިއްހީ ފަރުވާ ހޯދަން ފަސްޖެހޭނެ ކަމަށެވެ. އަދި ލަންކާ ސަރުކާރުގެ އެ އަމަލަކީ މިހާރުވެސް މުޖުތަމައުގައި ހިނގަމުންދާ ހަމަނުޖެހުމާއި ތަފާތު ކުރުންތަކަށް ހިތްވަރު ލިބިގެން ގޮސްދާނެ އަމަލެއް ކަމަށެވެ. 

އެ ބަޔާނުގައި ބުނީ މަރުވެފައިވާ މީހުން ވަޅުލުމަކީ ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ދޭހަވާ އެއްވެސް މެޑިކަލް ނުވަތަ ސައިންޓިފިކް ހެއްކެއް ލަންކާއިންވެސް އެހެން ގައުމަކުން ވެސް ފެނިފައި ނުވާ ކަމަށާއި ލަންކާގެ ސަރުކާރުން އެކުލަވާލި ކޮވިޑާ ގުޅުން ހުރި މާހިރުންގެ ޓީމަކުން ލަފާ ދިނީ ބަލީގައި މަރުވާ މީހުން އެންދުމަށް ނުވަތަ ވަޅުލުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އަމަލު ކުރީ އެ ލަފަޔާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އެގައުމުގައި ވަޅުލެވޭނެ ގޮތާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓު އާއްމު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އަދި އެހެން ގައުމެއްގައި މީހުން ވަޅުލުމަށް ގެންގުޅޭ ހިޔާލު ދޫކޮށްލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުން އެންދުން ނޫން ގޮތެއް ނެތް ކަމަށް ބުނެ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންނާއި ކްރިސްޓިއަނުން އަންދާ މައްސަލައިގައި އެ ދެ ދީނަށް ތަބާވާ އެ ގައުމުގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ލަންކާއިން ވަނީ ކޮވިޑް ޖެހިގެން މަރުވާ އެ ގައުމުގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ވެސް އެދިފައެވެ. އަދި އެކަމު މަޝްވަރާތައް އަދިވެސް ކުރެވެމުންދާ ކަމަށް ރައީސްްް އޮފީހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް