ads
މ. ކޮޅުފުށި
ކޮޅުފުށިން ހަތް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މ. ކޮޅުފުށިން ހަތް މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެން ޝާމިލް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން އިއްޔެ ނެގި 100 އެއްހާ ރޭންޑަމް ސާމްޕަލްއިން ހަތް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދޮޅުއަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އަދި ހައިރިސްކް މީހަކު ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

މީގެ އިތުރުން ޝާމިލް ވިދާޅުވީ ރަށުގައި ރޯގާ އަދި ހުމުގެ އަލާމާތް ކޮންމެވެސް ވަރަކަށް މީހުންގެ ގައިން ފެންނަމުންދާ ކަމަށެވެ. އަދި އިތުރު ރެންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް