ads
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފުވައްމުލަކު ކައުންސިލް އިން ބުނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން، 25 ޖެނުއަރީ 2021 ވަނަ ދުވަހު ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ރާއްޖެއިން ބޭރުން އައި މީހެއް ކަމަށް ވެސް ކައުންސިލް އިން ވަނީ ބުނެފައެވެ.

އަދި ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބެހެއްޓުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެެވެ.

މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެރަށު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހޮސްޕިޓަލުން ވަނީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ފްލޫ ކްލިނިކަށް ދެއްކުމަށް އެދިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް