ads
މ.ކޮޅުފުށި
ކޮޅުފުށިން ޕޮޒިޓިވް މީހުންގެ އަދަދު ނުވަޔަކަށް އަރައިފި
މ. ކޮޅުފުށިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެން ޝާމިލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހުން އަދި ދޮޅު އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ.

އެއީ އެރަށުން އިއްޔެ ނެގި 100 ރޭންޑަމް ސާމްފަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ނުވަ  މީހުން ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާމިލް ވިދާޅުވީ ރަށުގައި ރޯގާ އަދި ހުމުގެ އަލާމާތް ކޮންމެވެސް ވަރަކަށް މީހުންގެ ގައިން ފެންނަމުންދާ ކަމަށެވެ. އަދި އިތުރު ރެންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގައެވެ. އެއީ އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް