ads
މާޒިޔާ- ވެލެންސިޔާ ފުރަތަމަ ބުރުގެ މެޗުގެ ތެރެއިން
މާޒިޔާ- ވެލެންސިޔާ މެޗުން ލީގުގެ ދެވަނަ ބުރު މާދަމާ ފަށަނީ
މާޒިޔާއާ ވެލެންސިޔާގެ މެޗުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން މާދަމާ ފެށޭނެއެވެ. މާޒިޔާއަކީ ފުރަތަމަ ބުރުން އެއްވަނަ ހޯދި ޓީމެވެ. އަދި ވެލެންސިޔާއަށް ފުރަތަމަ ބުރުން ލިބިފައިވަނީ ދެވަނަ އެވެ.

މާޒިޔާއާ ވެލެންސިޔާގެ މެޗުން ދެވަނަ ބުރުގެ ކުޅުން ބުދަ ދުވަހު ހަވީރު ފެށޭ އިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މާޒިޔާ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ފަނަރަ ޕޮއިންޓް ހޯދައިގެންނެވެ. އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެހެންނަމަވެސް މާޒިޔާވަނީ ތިން މެޗުން އެއްވަރުވެފައެވެ. މާޒިޔާ މޮޅުވީ ހަތަރު މެޗުންނެވެ. 

ވެލެންސިޔާގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ތިން މެޗު އެއްވަރުވެ އަދި އެއް މެޗުން ބަލިވެފައިވެއެވެ. ފުރަތަމަ ބުރުން ވެލެންސިޔާއަށް ލިބިފައިވަނީ ބާރަ ޕޮއިންޓެވެ. ބާރަ ޕޮއިންޓާ އެކު ޓޭބަލްގެ ދެވަނަ މަގާމުގައި ވެލެންސިޔާ އޮތް އިރު ބުދަ ދުވަހު ކުޅޭ މެޗުން މާޒިޔާ އަތުން މޮޅު ވެއްޖެ ނަމަ ވެލެންސިޔާއަށް ފަނަރަ ޕޮއިންޓާ އެކު ޕޮއިންޓްގެ ގޮތުން މާޒިޔާއާ އެއްވަރު ކުރެވޭނެއެވެ. ވެލެންސިޔާ ބަލި ވެއްޖެ ނަމަ މާޒިޔާއިން އެއްވަނައިގަ ހަ ޕޮއިންޓްގެ ލީޑެއް ހޯދާނެއެވެ. 

ވެލެންސިޔާއާ މާޒިޔާ ކުޅޭ މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ބުދަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް